ކ.ތިލަފުށިން ފުރިފަހުން ޚަބަރެއް ނުވެގެން ހޯދަމުންދާ "AAA 37″ މުދާ އުފުލާ ދޯނި ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ އޮޕަރޭޝަންގައި މިއަދު ކަނޑާއި ވައިގެމަގުން، މީމު އަތޮޅު ރަތްމަންދޫގެ އިރުމަތީ ބިތުން ބޮޑު ސަރަހައްދެއް ބަލާފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
ދޯނި ހޯދުމަށް ހިންގަމުންދާ އޮޕަރޭޝަނާއި ގުޅުންހުރި މައުލޫމާތު ހާމަކުރަމުން އެމްއެންޑީއެފްއިން ބުނެފައިވަނީ ކަނޑާއި ވައިގެމަގުން 4519 ސްކެއަރ ނޯޓިކަލް މޭލު ސަރަހައްދެއް ވަނީ ބަލާފައިވާ ކަމަށާއި، މިހާތަނަށް ބެލިބެލުމުން އަދި އެ ދޯނި ފެނިފައި ނުވާ ކަމުގައެވެ. އަދި އެ ދޯނިން ދަތުރުކުރީ ބަނގްލަދޭޝްގެ ތިން މީހުންނާއި ދިވެއްސަކާއެކު ޖުމްލަ 4 މީހުން ކަމަށް ދޯނީގެ ވެރިފަރާތުން ކޯސްޓްގާޑަށް މަޢުލޫމާތު ދީފަައިވާކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.
އެމެއެންޑީއެފްއިން މިއަދު ހެދުނު ބުނެފައިވަނީ، 4 މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް ގެެއްލިފައިވާ ދޯނި ހޯދުމުގެ މަސައްކަތް މޯލްޑިވިއަން ފުލައިޓެއްގެ އެހީގައި ވައިގެމަގުން ކުރަން ފަށާފައިވާ ކަމަށެވެ.