ވިއްސާރާގައި އައްޑޫ ސިޓީހެ މަރަދޫ ފޭދޫ ގެއެއްގެ ފުރާޅު އެއްލާލުމާ ގުޅިގެން އެމްއެންޑީއެފް އެހީތެރިކަން ފޯރުކޮށްދީފި

ވިއްސާރާގައި އައްޑޫ ސިޓީހެ މަރަދޫ ފޭދޫ ގެއެއްގެ ފުރާޅު އެއްލާލުމާ ގުޅިގެން އެމްއެންޑީއެފް އެހީތެރިކަން ފޯރުކޮށްދީފި

Author
ޙަސަން މުޙައްމަދު
18 މެއި 2024 07:39
0
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީ މަރަދޫ ފޭދޫ، ޓިއުލިޕްމާ ގޭގެ ފުރާޅު އެއްލާލުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ވިއްސާރައާއެކު އައި ގަދަ ކޮޅިގަނޑުގައި، މިއަދު 11:59 ހާއިރު އެ ރަށު "ޓިއުލިޕްމާ" ގޭގެ ފުރާޅު މަގުމައްޗަށް އެއްލާލުމުން އެ ފުރާޅު މަގުމަތިން އެއްފަރާތްކުރުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.