ގެއްލުނު ދޯނި ހޯދުމުގެ މަސައްކަތް މޯލްޑިވިއަން ފުލައިޓެއްގެ އެހީގައި ވައިގެމަގުން ކުރަން ފަށައިފި

ގެއްލުނު ދޯނި ހޯދުމުގެ މަސައްކަތް މޯލްޑިވިއަން ފުލައިޓެއްގެ އެހީގައި ވައިގެމަގުން ކުރަން ފަށައިފި

Author
ހުސެއިން
18 މެއި 2024 12:27
0

4 މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް ގެެއްލިފައިވާ ދޯނި ހޯދުމުގެ މަސައްކަތް މޯލްޑިވިއަން ފުލައިޓެއްގެ އެހީގައި ވައިގެމަގުން ކުރަން ފަށައިފިކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްޑިއެފްއިން ބުނެފައިވަނީ މިހާތަނަށް ބެލިބެލުމުން އަދި އެ ދޯނި ފެނިފައި ނުވާކަމުގައެވެ.

ތިލަފުށިން ފުރައިގެން މ.މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުންދިޔަ “AAA-37” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއްގެ ޚަބަރެއް ނުވެގެން، އެ ދޯނި ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވާކަން ހާމަކުރީ މިއަދުއެވެ.
މޭ 17 ވަނަ ދުވަހުގެ ހެނދުނު 06:00 ހާއިރު ކ.ތިލަފުށިން ފުރި އެ ދޯނީގެ ޚަބަރެއް ނުވެގެން، އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އެ ދުވަހުގެ 17:20 ހާއިރެވެ. އަދި، އެ ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މަޢުލޫމާތު ހިއްސާކުރެއްވުމަށް އެމްއެންޑީއެފްއިން އެދިފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.