މަރުވެފައިވާ އިސްރާއީލުގެ ތިން ރަހީނުންގެ ހަށިގަޑު ޢައްޒާއިން ފެނިއްޖެ

މަރުވެފައިވާ އިސްރާއީލުގެ ތިން ރަހީނުންގެ ހަށިގަޑު ޢައްޒާއިން ފެނިއްޖެ

Author
ހުސެއިން
17 މެއި 2024 11:40
0
ހަމާސްއިން ރަހީނު ކޮށްފައިވާ އިސްރާއީލުގެ، މަރުވެފައިވާ އިސްރާއީލުގެ ތިން ހޮސްޓެޖުންގެ ހަށިގަޑު ޢައްޒާއިން ފެނިއްޖެކަމަށް އިސްރާއީލުގެ ދިފާއީ ބާރު (އައިޑީއެފް) އިން ބުނެފި އެވެ.
އިސްރާއީލުން ބުނެފައިވަނީ މަރުވެފައިވަނިކޮށް ފެނުނު 3 ހޮސްޓެޖުންނަކީ ޝާނީ ލޫކް، އަމިތު ބުސްކިލާ އަދި އިޓްޒަކް ގެލެރެންޓާގެ ހަށިގަނޑުކަމަށެވެ. އައިޑީއެފް އިން ބުނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އެ މީހުން މަރާލާފައިވާ ކަމަށާއި އެ މީހުންގެ ހަށިތައް އަނބުރާ ޣައްޒާއަށް ގެންދިޔައީކަމުގައެވެ.
އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ މީހުންގެ ހަށިގަނޑުތައް ފެނިފައި ވަނީ ހަމާސްގެ ޓަނަލެއްގެ ތެރެއިންނެވެ.
ހަމާސްގެ ހަތިޔާރު އެޅި ބަޔަކު އިސްރާއީލަށް ވަދެ ދިން ހަމަލާއެއްގައި ގާތްގަނޑަކަށް 1،200 މީހުން ވަނީ މަރުވެފަ އެވެ. އަދި އިތުރު 252 މީހުން އަނބުރާ ޣައްޒާއަށް ގެންދިޔައީ ރަހީނުކުރި މީހުންގެ ގޮތުގައެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މި ޚަބަރަކީ ހިތާމަވެރި ހަބަރެއް ކަމަށް ސިފަކުރައްވާފައެވެ. އަދި ރަހީނުކުރި މީހުންނާއި ދިރިތިބި މީހުންނާއި އެންމެވެސް އިސްރާއީލަށް ގެންދާނޭކަމަށް އޭނާ ވިދާޅުވިއެވެ.
އައިޑީއެފް އިން ނެރުނު ބަޔާނެއްގައި ބުނީ އެ މީހުންގެ ހަށިގަނޑުތައް ފެނިފައިވަނީ ރޭގަނޑު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި ޣައްޒާގައި ބަންދުކޮށްފައިވާ ފަލަސްތީނު މީހުންނާ ސުވާލުކުރުމުން ލިބުނު އިންޓެލިޖެންސްގެ އަލީގައިކަމަށްވެސް ބުނެފައި ވެއެވެ.
އިޒްރޭލުން ބުނެފައިވަނީ، އިޒްރޭލުގެ ދެކުނުގައި އޮތް ނޯވާ ފެސްޓިވަލްގެ ސަރަހައްދު ކައިރީގައި އޮންނަ އިންޓަރެކްޝަނެއްގައި މިތިން މީހުންވެސް މަރާލާފައި ވަނީ އެ މީހުންގެ ހަށިގަނޑު ޣައްޒާއަށް ގެންދިއުމުގެ ކުރިން ކަމަށެވެ.
މި ފެސްޓިވަލްގައި ބައިވެރިވި 360 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ގާތްގަނޑަކަށް 125 ވަރަކަށް މީހުން އަދިވެސް ނުހިފެހެއްޓިފައިވާއިރު، އަނެއް ބައި މީހުން ވަނީ ދޫކޮށްލާފައި ނުވަތަ ސަލާމަތްކޮށްފަ އެވެ.
މިދިޔަ ނޮވެމްބަރު މަހު އިޒްރޭލާއެކު އެއްބަސްވި އެއްބަސްވުމުގެ ދަށުން ހަމާސް އިން ވަނީ ހަފުތާއެއްވަންދެން ހަނގުރާމަ ހުއްޓާލުމުގެ ބަދަލުގައި ރަހީނުކުރި 105 މީހަކު މިނިވަން ކޮށްފައެވެ. އޭގެ ބަދަލުގައި އިޒްރޭލުންވަނީ އެގައުމުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގާތްގަނޑަކަށް 240 ގައިދީން ދޫކޮށްލައިފަ އެވެ.
އެހެންނަމަވެސް ހަމާސްއިން ރަހީނުކޮށްފައި ބާކީތިބި މީހުންގެ ތެރެއިން އަދި ވެސް ދިރިތިބީ ކިތައް މީހުން ކަމެއް ސާފެއް ނުވެ އެވެ. އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދިން ޙަމަލާތަކަށްފަހު ޣައްޒާގައި 35،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްފައިވާއިރު، އޭގެ ތެރޭގައި ގިނައީ އާންމުން ކަމަށް ހަމާސްގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެއެވެ.
ފަލަސްތީނުގެ ގާތްގަނޑަކަށް 2.2 މިލިއަން މީހުންނަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ އިރު، އެ މީހުންނަށް ބޯހިޔާވަހިކަމާއި އެހެނިހެން އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އދ.އިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.