އޮލިމްޕިކަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތްލީޓަށް ހޫނު މަރުހަބާއެއް

އޮލިމްޕިކަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތްލީޓަށް ހޫނު މަރުހަބާއެއް

އޮލިމްޕިކްސް ކުޅިވަރު މުބާރާތަށް ކޮލިފައި ރާއްޖޭގެ ފުރަތަމަ އެތްލީޓް ފާތިމަތު ދީމާ އަލީ މިއަދު ހަވީރު ރާއްޖެ އައުމުން އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

އުމުރުން 16 އަހަރުގެ ދީމާ، އޮލިމްޕިކްސް އަށް ކޮލިފައިވީ ނޭޕާލުގެ ވެރުރަށް ކަތަމަންޑޫގައި ކުރިއަށްދިޔަ "ޕެރިސް އޮލިމްޕިކްސް 2024″ގެ ދެކުނު އޭޝިއާ ގައުމުތަކުގެ ޓޭބަލް ޓެނިސް ކޮލިފިކޭޝަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައިގެންނެވެ. އެ މުބާރާތުގެ ފައިނަލުގައި ދީމާ ވަނީ ސްރީ ލަންކާގެ ބިމާންޑީ ބަންޑާރާ 4-1 ސެޓުން ބަލިކޮށްފައެވެ

1988 ވަނަ އަހަރުން ފެށިގެން، ރާއްޖެއިން އޮލިމްޕިކްސްގައި  ސްވިމިންއާއި އެތުލެޓެކްސް އިވެންޓުގައި އަންނަނީ ވާދަކުރަމުންނެވެ. ނަމަވެސް އެއީ އޮލިމްޕިކް ކައުންސިލްގެ މެންބަރު ގައުމުމުތަކަށް ދޭ ފްރީ ސްލޮޓްތަކުގައެވެ.

ނަމަވެސް ލަންޑަންގައި 2012ގައި ބޭއްވުނު އޮލިމްޕިކްސްއަށް ރާއްޖޭގެ މުހައްމަދު އަޖުފާން ރަޝީދު އަދި ޖަޕާންގައި ބޭއްވުުނު 2020ގެ އޮލިމްޕިކްސްގައި ފާތިމަތު ނަބާހާ އަބްދުރައްޒާގު ބެޑްމިންޓަގައި ވަދަކޮށްފައިވަނީ ޓްރައިޕާޓައިޓް ކޮމިޝަން އިންވިޓޭޝަންގައި ހޯދި ފުރުސަތުތަކުގައެވެ. އެއީ ކޮލިފިކޭޝަނަށްފަހު، އެ ކޮލިފައިވި ގައުމުތަކުގެ ކުޅުންތެރިންގެ ބޭރުން، އެހެން ގައުމުތަކުގެ އެންމެ ރޭންކިން މަތި ކުޅުންތެރިންނަށް ދޭ ޝެއާޑް ފުރުސަތުތަކެކެވެ.

އެހެންކަމުން ދީމާ މިހޯދި ކާމިޔާބީ ވަނީ އެއްގޮތަކަށްވުރެ ގިނަ ގޮތްގޮތުން ޚާއްސަ ކާމިޔާބީއަކަށެވެ. އަދި މިކާމިޔާބީއާއެކު ދީމާ މިއަދު ރާއްޖެ އައުމުން ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު, ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕި) ގެ އިތުރުން ޓީޓީ އެސޯސިއޭޝަންގެ އިސް ވެރީން ވެސް ވަނީ އޭނާއަށް ވަރަށް ހޫނު މަރުހަބާ ކިޔައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *