އޭސީސީއޭ އެޕްރޫވްޑް އެމްޕްލޯޔާގެ އެވޯޑު އެސްޑީއެފްސީއަށް ލިބިއްޖެ

އޭސީސީއޭ އެޕްރޫވްޑް އެމްޕްލޯޔާގެ އެވޯޑު އެސްޑީއެފްސީއަށް ލިބިއްޖެ

Author
ޙަސަން މުޙައްމަދު
15 މެއި 2024 10:49
0

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އަށް އެސޯސިއޭޝަން އޮފް ޗާޓާޑް ސެޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ)ގެ އެޕްރޫވްޓް އެމްޕްލޯޔާސްގެ އެވޯޑް ލިބިއްޖެއެވެ.

އެސްޑީއެފްސީން ބުނީ އެ ބޭންކަށް ލިބިފައިވަނީ އޭސީސީއޭގެ "ޓްރެއިނީ ޑިވެލޮޕްމެންޓް ޕްލެޓިނިއަމް" އެވޯޑް ކަމަށެވެ.

"އެ ޝަފަރުވެރި އެވޯޑު ލިބުމުން އެނގިގެން ދަނީ އެސްޑީއެފްސީން މުވައްޒަފުން، އޭސީސީއޭ ފެންވަރަށް ތަމްރީނު ކުރުމަށް ފޯރުކޮށްދޭ ޓްރެއިނިންތަކުގެ ގާބިލިއްޔަތުކަން،" އެސްޑީއެފްސީން ބުންޏެވެ.

އެސްޑީއެފްސީން ބުނީ އެ އެވޯޑު ލިބުމުގެ ސަބަބުން އޭސްޑީއެފްސީގެ މުވައްޒަފުންގެ ތެރެއިން އޭސީސީއޭގެ ދަރިވަރުންނަށް އެކައުންޓިން އަދި ފައިނޭންސްގެ ބައިނަލްއަގުވާމީ އިންސްޓިޓުއަޝްތަކުން ސީދާ ގޮތެއްގައި ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ބުނީ އެ އެވޯޑާއެކު ގާބިލު ހުނަރުވެރި މީހުން ލިބުމަށް މަގުފަހިވެގެންދާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.