ކިންގސްގެ ނަމުގައި ކުންފުންޏެއް ހަދައިގެން ކުރަމުން އައި މިވަޔަފާރި ރާއްޖޭގެ ހުއްޓުވޭނޭ އެއްވެސް ގާނޫނީ އޮނިގަޑެއް ނެތްކަމުހައި ވިޔަފާރި ހިންގަމުން އައި ކުންފުނިން ކުރިން ވަނީ ބުނެފަ

އަލްހާން އެތައް ބަޔަކަށް ލަނޑުދިން ޕޮންޒީ ސްކީމުގެ ޝަރީއަތް ފަށައިފި

އަލްހާން އެތައް ބަޔަކަށް ލަނޑުދިން ޕޮންޒީ ސްކީމުގެ ޝަރީއަތް ފަށައިފި

ގުޅުންހުރި

ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ގިނަބަޔަކަށް ލަނޑުދިން ޕޮންޒީ ސްކީމުގެ ޝަރީއަތް ފަށައިފިއެވެ.

މިމައްސަލާގައި އޭނާގެ ދެ ކޮއްކޮއަށްވެސް ދައުވާ ކުރެއެވެ. އަލްހާންއާއި އޭނާގެ ދެކޮއްކޮގެ މައްޗަށްވަނީ ޓެކުމުގެ 13 ދައުވާއެއް ކޮށްފައެވެ. އެންމެންގެ މައްޗަށްވެސް ދައުވާ ކުރަނީ ވަކިވަކިންނެވެ.

މި ޝަރީއަތުގެ ފުތަރަމަ މަޖިލިހުގައި ގާޒީ އިސްމާއިލް ޝަފީއު ވަނީ ތިން ބެއިންނަށްވެސް ގާނޫނީ ވަކީލުން ހަމަޖެއްސުމަށް 15 ދުވަހުގެ މުހުލަތެއް ދީފައެވެ.

ރާއްޖޭގައި ބޮޑު ފްރޯޑެއް ހިންގާކަމުގެ ތުހުމަތުގައި އަލްހާން ފަހުމީގެ މައްސަލަ ތަހުގީގުކޮށް އަދި ކުންފުނީގެ އެކައުންޓް ފްރީޒްކޮށްފައިވަނީ 2022 ވަނަ އަހަރުގެ މާޗް މަހުގައެވެ. އޭރު ފްރީޒްކޮށްފައިވަނީ އަލްހާން ފަހުމީގެ "ކިންގްސް ފޮރެކްސް ޓްރޭޑިން"ގެ އެކައުންޓެވެ. ރާއްޖޭގައި ޕޮންޒީ ސްކީމެއް ހިންގާ ކަމަށް ބުނެ އެމްއެމްއޭއިން ވަނީ އާންމުގެ ސަމާލުކަމަށްވެސް އޭރު އެ މައްސަލަ ގެނެސްފައެވެ. މިއީ ގިނަ ބައެއްގެ އަތުން ފައިސާ ހޯދައި، އިން އިންވެސްޓުކޮށް، ވަކި މުއްދަތެއްގެ ތެރޭގައި އެ ފައިސާ ދޭނެ ކަމަށް ބުނެ ހިންގި ސްކީމެކެވެ.

އަލްހާންގެ ކުންފުނީގެ އެކައުންޓް ފްރިޒްކުރުމާއި ގުޅިގެން އެކުންފުނިން އޭރު ބުނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓިން ނުސީދާކޮށް އެކުންފުންޏަށް އަމާޒުކޮށް އެކުންފުނިން ފްރޯޑެއް ހަދަމުންދާ ކަމަށް ދޭހަވާގޮތަށް، އެކުންފުނި ބަދުނާމުވާގޮތަށް ބަޔާންނެރެ ގުޑްވިލް ހަލަކުކޮށްލާ، އަގުވައްޓާލާ އިތުބާރު ގެއްލޭ ގޮތަށް ނެރުނު އަންޕްރޮފެޝަނަލް ބަޔާނެއްކަމަށާއި، އެކަން ކުށްވެރިކުރާކަމަށެވެ.

ކިންގްސް ކެޕިޓަލުން ސިވިލްކޯޓުގައި ދައުވާކުރީ އެކުންފުނީގެ އެކައުންޓްތައް ޑީއެކްޓިވޭޓްކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި އަދި އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އެ ކުންފުންޏަށް އޮންނާނެ ކަމަށް ކަނޑައަޅައިދިނުމަށެވެ. މި ދެކަން މިގޮތަށް ކަނޑައަޅައި ފާއިތުވި އަހަރުގެ ޖެނުއަރީމަހުގެ 24 ވަނަދުވަހު ސިވިލްކޯޓުން ޙުކުމް ކުރިއެވެ. އެހެންކަމުން ގެއްލުމުގެ ބަދަލު ހޯދަން ދަޢުވާކުރުމުގެ ހައްޤު އެކުންފުންޏަށް އޮންނާނެކަމަށްވެސް ސިވިލްކޯޓުގެ ޙުކުމުގައި ވެއެވެ.

އަލްހާނުގެ ކުންފުނީގެ އެކައުންޓް ޑީއެކްޓްވޭޓްކުރީ ގިނަޢަދަދެއްގެ ފައިސާ އެކުންފުނީގެ އެކައުންޓުތަކަށް ޖަމާވަމުންދާ ސަބަބު ބުނެދިނުމަށް އެދި ބޭންކް އޮފް މޯލްޑިވްސްއިން އެކުންފުންޏަށް އެންގިތާ އެއް ދުވަސް ފަހުންކަން ފާހަގަކޮށްފައިވެއެވެ. އަދި މަނީ ލޯންޑްރިންއަށް ޝައްކު ކުރެވޭ ފައިސާއެއް ހިފެހެއްޓޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ޤާނޫނުގައި ބުނެފައިވާއިރު ބޭންކުން އެކަން ކުރީ ލިބިފައި ނުވާ ބާރެއްގެ ދަށުންކަމަށްވެސް ޙުކުމުގައި ވެއެވެ.

އަލްހާނުގެ ކުންފުނީގެ އެކައުންޓްތައް ހިފެހެއްޓުމާއެކު، އިންވެސްޓުކުރަން ފައިސާ ދިން ގިނަ ބަޔަކަށް އެމީހުން ދިން ފައިސާވެސް ނުލިބި، ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ