އާ ސަހަރާގެ އާ އިމާރާތް ހެދުމުގެ މަސައްކަތް ނުނިންމި މައްސަލަ ކޯޓަށް ވައްދަނީ

އާ ސަހަރާގެ އާ އިމާރާތް ހެދުމުގެ މަސައްކަތް ނުނިންމި މައްސަލަ ކޯޓަށް ވައްދަނީ

މާލޭގެ އާ ސަހަރާ އަށް ޖަނާޒާ އަށް ދާ މީހުން މަޑުކުރުމަށް ހަދާ ލައުންޖު ހެދުމުގެ މަސައްކަތްތައް އެންމެ ފުރަތަމަ ހަވާލުކުރި ކުންނިން އެ މަސައްކަތަށް ކަނޑައެޅި ފައިސާއިން ބޮޑުބައެއް ނަގާ، މަސައްކަތް ނުނިންމި މައްސަ ކޯޓަށް ވެއްދުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލޭގެ އާ ސަހަރާ އަށް ޖަނާޒާ އަށް ދާ މީހުން މަޑުކުރުމަށް ހަދާ ލައުންޖު ހެދުމުގެ މަސައްކަތްތައް އާ ކުންފުންޏަކާ މާލެ ސިޓީ ކައުންސިލުން މިހާރުވަނީ ހަވާލު ކޮށްފައެވެ.

އެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ޕީއެންޕީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާ 4.9 މިލިއަން ރުފިޔާއަށެވެ.

ނަމަވެސް ސިޓީ ކައުންސިލުން އެއްބަސްވުން ބާތިލް ކުރީ އެއް މަސް ދުވަހުން ނިންމަން ހަވާލުކުރި މަސައްކަތް ނުނިމި ދިގުލައިގެން ދާން ފެށުމުންނެވެ. އެހެންނަމަވެސް އެއްބަސްވުން ބާތިލް ކުރި އިރު އެ ކުންފުންޏަށް އޮތީ 3.6 މިލިއަން ރުފިޔާ ދީފަ އެވެ.

ޕީއެންސީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކަށް މި މަސައްކަތް ހަވާލުކުރިއިރު 15 ޕަސެންޓު އެޑްވާންސް ފައިސާގެ އިތުރުން، 2.6 މިލިއަން ރުފިޔާވެސް އެ ކުންފުންޏަށް ދީފައި ވެއެވެ. އެއީ މުޅި ޕްރޮޖެކްޓުގެ 53 ޕަސެންޓު ފައިސާ އެވެ.

އެ އެއްބަސްވުން ބާތިލް ކުރިއިރު، މަސައްކަތުގެ 76 ޕަސެންޓު ނިމިފައި ވެ އެވެ. އެހެންނަމަވެސް، ފަހުން ގެނައި ބަދަލުތަކާ އެކު، އެއްބަސްވުން ބާތިލް ކުރިއިރު މުޅި މަސައްކަތުގެ 55 އިންސަައްތަ ނުނިމި އޮތްކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

އެއަށްފަހު ބާ އިމާރާތް ތަޅާލުމާއި އާ މިސްކިތުގެ ފައުންޑޭޝަނާއި ބައެއް ތަނބުތައް ޖެހުން ފިޔަވައި އިތުރު މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. ހިނަވާގެ އާއި އެ ތަނުގައި ގާއިމްކުރާ ލައުންޖުގެ އެއްވެސް މަސައްކަތެއް އޭރު ނުފެށުނެވެ.

މާލޭ ސިޓީ ކައުންސިލުން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، އެމަސައްކަޔް އެންމެ ފުރަތަމަ ހަވާލުކުރި ކުންފުނިން މަސައްކަތް ނިންމާފައި ނުވާތީ، އެމަސައްކަތް ކޯޓަށް ވެއްދުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިހާރު ދަނީ ކުރިޔަށް ގެންދަމުންނެވެ.

މި މަސައްކަތް ކުރުމަށް އެންމެ ފުރަތަމަ އެކަށައެޅި ޕްލޭނަށް ބޮޑެތި ބަދަލުތަކެއް ގެނެވުނެވެ. އޭގެ ތެރޭގައި ސްޓަރްކަޗަރަލް ކުރެހުންތައްވެސް ހިމެނެއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ މަސައްކަތް މިހާރު އާ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމުގައެވެ.

މާލެ ސިޓީ ކައުންސިލުން މަރާމާތު ކުރަން ނިންމާފައިވަނީ އާސަރާގެ އަންހެނުން ނަމާދު ކުރާ ސަރަޙައްދު ބޮޑު ކުރުމަށާއި އަދި ސަރަހާއަށް ގޮސްތިބޭ މީހުން މަޑުކޮށްލާނެ "ވެއިޓިންގ އޭރިއާ" އެއް ޤާއިމު ކުރުމަށެވެ.

އާ ސަހަރާގައި ދެ ބުރީގެ އިތުރު އިމާރާތެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ މިދިޔަ އަހަރުގެ ޖޫން މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *