"ޔޯދާ" އެމެޒޯން ޕްރައިމަށް ދޫކޮށްލައިފި

"ޔޯދާ" އެމެޒޯން ޕްރައިމަށް ދޫކޮށްލައިފި

Author
ފާތިމަތު ނާވީ
13 މެއި 2024 02:57
0

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން މި އަހަރު ގެނެސްދިން ފުރަތަމަ ފިލްމު "ޔޯދާ" އެމެޒޯން ޕްރައިމްް ވީޑިއޯ އަށް ދޫކޮށްލައިފި އެވެ.

ސިދާތު މަލްއުތުރާގެ ވަރުގަދަ އެކްޝަން ރޯލެއް ހިމެނޭ މި އެކްޝަން ތުރިލާ ސިނަމާތަކަށް ގެނައީ މާޗް 15 ގަ އެވެ. ވަރަށް ވަރުގަދައަށް ޕްރޮމޯޝަން ތަށް ވެސް ޖެއްސި މި ފިލްމް އަކީ ސިނަމާގައި މާބޮޑު ކާމިޔާބެއް ހޯދުނު ފިލްމް ނޫނެވެ.

ޑިޝާ ޕަޓާނީ އާއި ރާޝީ ކަންނާ ބަތަލާއިންގެ ރޯލު ކުޅުނު "ޔޯދާ" ގެ މައިގަނޑު ވާހަކަ ބިނާކޮށްފައި އޮތީ ހައިޖެކްކުރާ މަތިންދާ ބޯޓެއް ސަލާމަތްކުރަން ސިފައިންގެ މީހަކު ކުރާ ހިތްވަރުގެ ގަދަ މަސައްކަތަށެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.