ފޮތުގެ މައްސަލައިގައި ކަރީނާ ކޯޓަށް

ފޮތުގެ މައްސަލައިގައި ކަރީނާ ކޯޓަށް

Author
ފާތިމަތު ނާވީ
14 މެއި 2024 09:06
0

ބަތަލާ ކަރީނާ ކަޕޫރް މީގެ ތިން އަހަރެއްހާ ދުވަސް ކުރިން "ކަރީނާ ކަޕޫރް ހާންސް ޕްރެގްނަންސީ ބައިބްލް" ގެ މައްސަލާގައި އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ހައިކޯޓަށް ހާޒިރުވުމަށް ނޯޓިސް ފޮނުވައިފި އެވެ.

ކަރީނާ ލިޔުނު ފޮތުގެ ނަމުގައި "ބައިބަލް" ހިމަނާފައިވާތީ އޭނާގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ކޯޓަށް ވަނީ ޕެޓިޝަނެއް ހުށައަޅާފަ އެވެ. ކޯޓުން އެ ނޯޓިސް ނެރުނީ ކަރީނާގެ އިތުރުން އެ ފޮތުގެ ޝާއިއުކުރި ކުންފުންނާއި ފޮތް ވިއްކަމުން އަންނަ ފަރާތްތައް ވެސް ހިމެނޭ ގޮތަށެވެ.\

ވަކީލު ކްރިސްޓޮފާ އެންތަނީ އޭނާގެ ޕެޓިޝަންގައި ބުނެފައިވަނީ ފޮތުގެ ސުރުޚީގެ ސަބަބުން ނަސާރާ ދީނަށް ގެއްލުންވާ ކަމަށެވެ. އެ ޕެޓިޝަންގައި ބުނެފައި ވަނީ ސުރުޚީގައި "ބައިބަލް" މި ލަފުޒު ބޭނުންކޮށްފައި ވަނީ އަގުހެޔޮކޮށް މަގުބޫލުކަން ހޯދުމުގެ ނިޔަތުގައި ކަމަށް ބެލެވޭ ކަމަށެވެ.

އެ މައްސަލައިގައި ބުނެފައިވަނީ ދީނަކަށް ނިސްބަތްވާ ބައެެއްގެ ފޮތަށް ކިޔާ ނަން ކަމާ ނުވެސް ގުޅޭ ކަމަކާ ބެހޭ ގޮތުން ލިޔެފައިވާ ފޮތަކަށް ކިޔުމަކީ ވަރަށް ދެވަރުގެ ކަމެއް ކަމަށާއި އެ ނަން ފޮތަށް ކިޔަން ޖެހުނު ސަބަބެއް ސާފުކޮށް ދޭން ޖެހޭނެ ކަމަށެވެ. މިކަމާ ގުޅިގެން ކަރީނާ އާއި ފޮތުގެ ޓީމަށް ފޮނުވި ނޯޓިހުގައި ވަނީ ފޮތަށް ނަން ދިން ގޮތް ސާފުކޮށް ދޭން އަންގައިފަ އެވެ.

"ކަރީނާ ކަޕޫރް ހާންސް ޕްރެގްނަންސީ ބައިބްލް" ގެ މައްސަލަ ކޯޓަށް ހުށަހެޅި އިރު، މި ފޮތް ނެރުނު އަހަރު ކަމަށްވާ 2021 ގައި ވެސް ނަސާރާ ދީނުގެ ޖަމިއްޔާއެއްގެ ބަޔަކު ފޮތުގެ ނަމުގެ މައްސަލަ ތަހުގީގުކޮށް ދޭން އެދި ފުލުހުންނަށް ހުށަހެޅި އެވެ. ނަމަވެސް ފުލުހުން އެ މައްސަލަ ބަލައިގެންފައެއް ނުވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.