ހަޔާތަށް އަލުން ބައިވެރިއެއް އަންނަން ތަގުދީރުގައި އޮތް ނަމަ އެކަން ވާނެ ކަމަށާއި ހަޔާތުގައި ބައިވެރިއެއް ނެއް ނަމަވެސް އެކަމުގެ ފަޅުކަން އިހުސާސް ނުވާ ކަމަށް ބަތަލާ މަނީޝާ ކޮއިރަލާ ބުނެފިއެވެ.
53 އަހަރުގެ ބަތަލާ ޒޫމް ޓީވީ އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނަގެ މިހާރު ކަމާކަން ފަށާފައި ބައިވެރިޔަކު ހޯދަން ކޮންމެހެން ނޫޅޭ ކަމަށެވެ. ނަމަވެސް އެފަދަ ކަމެއް ތަގުދީރުގައި އޮތްނަމަ އެކަން ވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބަތަލާ ވަނީ 2010 ވަނަ އަހަރުގައި އޭނާ ނިސްބަތްވާ ގައުމު ނޭޕާލްގެ ވިޔަފާރީވެރިއެއް ކަމުގައިވާ ސަމްރާޓް ޑަހާލް ކިޔާ މީހަކާއި ކައިވެނި ކޮށްފައިއެވެ. ނަމަވެސް ކައިވެންޏަށް ދެ އަހަރެއް ފަހުން 2012 ވަނަ އަހަރު އެކައިވެނި ވަނީ ރޫޅީފައިއެވެ. އެފަހުން މަނީޝާ މިހާތަނަށް އެއް ވެސް ކައިވެންޏެއް ކޮށްފައިއެއް ނުވެއެވެ. އަދި އޭނާގެ ދަރިއެއްވެސް ނުމެހުރޭމެއެވެ.
ފިލްމީ ކެރިއަރުގެ ރަންޒަމާނުގައި ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންނާއި މޮޅެތި ޑައިރެކްޓަރުންނާ އެކީ މަސައްކަތްކޮށްފައިވާ މަނީޝާގެ އެންމެ ފަހުގެ މަސައްކަތަކީ ނެޓްފްލިކްސް އިން މިހާރު ދައްކަމުން އަންނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ވެބް ސީރީޒް "ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރު" އެވެ.
މިއީ ބަންސާލީގެ ފުރަތަމަ ފިލްމު 1996 ގެ "ހާމޯޝީ: ދަ މިއުޒިކަލް" ގެ ބަތަލާގެ ރޯލަށް ފަހު، ބަންސާލީއާ އެކީ މަނީޝާ މަސައްކަތްކުރި ދެވަނަ ޕްރޮޖެކްޓެވެ.