"ސާންކީ" ގެ ޝޫޓިން ޖޫންގައި

"ސާންކީ" ގެ ޝޫޓިން ޖޫންގައި

Author
ފާތިމަތު ނާވީ
12 މެއި 2024 01:18
0

ކުރީގެ މަޝްހޫރު އެކްޓަރު ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީގެ ދެވަނަ ފިލްމްގެ ޝޫޓިން އަންނަ ޖޫންމަހުގައި ފަށާނެ ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.

އުމުރުން 28 އަހަރުގެ އެކްޓަރުގެ ދެވަނަ ފިލްމަކީ "ސާންކީ" އެވެ. މިއީ އޭނަ ބޮލީވުޑަށް 2021 ގެ "ތަޅަޕް" އިން ތައާރަފުކޮށް ދިން ޕްރޮޑިއިސަރު ސާޖިދު ނަދުއަދުވާލާ ޕްރޮޑިއުސްކުރާ އެއްޗެކެވެ.

 

View this post on Instagram

 

A post shared by Ahan Shetty (@ahan.shetty)

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މުމްބާއީގައި ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށްދާ އިރު، އަންނަ މަހުގެ 6 އިން ފެށިގެން ހަފުތާއަކަށް މުމްބާއީގައި ޝޫޓްކުރުމަށް ފަހު، ފިލްމުގެ ކާސްޓާއި ކްރޫ ދެން މިސްރާބު ޖަހާނީ "ގޯއާ" އަށް ކަމަށެވެ.

ވަރަށް މަދުން ސްކްރީން އިން ފެންނަ އެކްޓަރު ގެ "ސާންކީ" ގެ ބަތަލާގެ ރޯލު ކުޅޭނީ ޕޫޖާ ހެގްޅޭއެވެ. ޕުޖާ އަކީ ސައުތުގެ އެންމެ ކާމިޔާބު އަދި މަޝްހޫރު ބަތަލާއިންގެ ކުރީ ލިސްޓުން ޖާގަ ހޯދާ ބަތަލާއެކެވެ.

 

View this post on Instagram

 

A post shared by Pooja Hegde (@hegdepooja)

މި ފިލްމަކީ ރަޖަތު އަރޯރާގެ ސްކްރީންޕްލޭއަކަށް އަދުނާން ޝެއިހާއި ޔާސިރު ޖާ ޑައިރެކްޓްކުރާ ފިލްމެކެވެ. "ސާންކީ" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ފެބްއަރީ 14 ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.