ރަންބީރު މުޅިން ތަފާތު ސްޓައިލެއްގައި

ރަންބީރު މުޅިން ތަފާތު ސްޓައިލެއްގައި

Author
ފާތިމަތު ނާވީ
13 މެއި 2024 10:33
0

އަންހެން ކުދިންގެ މެދުގައި މަގުބޫލު އެކްޓަރު ރަންބީރު ކަޕޫރު އޭނާގެ ސްޓައިލް އަށް ބޮޑު ބަދަލެއް ގެނެސްފިއެވެ. މުޅިން އައު ހެއާ ސްޓައިލެއްގައި މިފަހުން ރަންބީރު ވަނީ ފެނިގެން ގޮސްފައިއެވެ.

އެއާއި އެކުގައި ގިނަ ބަޔަކު ވަނީ އޭނާގެ މި ސްޓައިލް ރީތިކަމަށާއި އޭނާ އާއި ވަރަށް ގުޅޭކަމަށް ބުނެފައިއެވެ. ހެއާ ސްޓައިލިސްޓެއް ކަމުގައިވާ އާލިމް ހާކިމް ވަނީ އޭނާގެ އިންސްޓަގްރާމް ގައި ރަންބީރުގެ ފޮޓޯތަށް ހިއްސާ ކޮށްފައިއެވެ.

މުޅިން އައު ހެއާސްޓައިލެއް ގައި ރަންބީރު ފެނިފައިވާ އިރުގައި މީގެ ދެތިން ހަފްތާއެއް ކުރިން އޭނާ ވަރަށް ގަދައަށް ކަސްރަތު ކުރާ ވީޑިއޯއެއް ވެސް އޭނާގެ ފިޓްނަސް ޓްރެއިނާ ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓް ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Aalim Hakim (@aalimhakim)

ފިލްމީ މަސައްކަތްތަކަށް ބަލާއިރު ރަންބީރު ދެން އެންމެ އަވަހަށް ފެންނާނީ ސައި ޕައްލަވީއާއެކު "ރާމަޔަން"އިންނެވެ. މިހާރު ކުރިއަށް ދަނީ އެ ފިލްމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.