ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ހަވާއެރުވުން އޮންނާނެ

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ހަވާއެރުވުން އޮންނާނެ

Author
ޙަސަން މުޙައްމަދު
11 މެއި 2024 06:33
0

ހުޅުމާލޭގައި މިރޭ ހަވާއަރުވަން ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުގެ ރަސްމީ އެކްސް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ "އުފާ ފެސްޓިވަލު" ގައި މިރޭ 22:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކްގައި ހަވާއެރުވުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

އެގޮތުން ސިފްކޯއިން ވިޔަފާރި އުސޫލުން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށްދާނީ 3 މިނެޓް ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައި އެވެ.

ހުޅުމާލޭގައި ކުޑަކުދިންގެ ދުވަހާއި ހުޅުމާލޭގައި މީހުން އާބާދުވިތާ 20 އަހަރު ފުރުން ފާހަގަކުރުމަށް އެޗްޑީސީއާއި ފެމިލީ މިނިސްޓްރީ ގުޅިގެން އުފާ ފެސްޓިވަލްގެ ނަމުގައި ހަރަކާތެއް ފެށީ އިއްޔެ ހަވީރު އެވެ. އެގޮތުން މި ހަރަކާތް ރަސްމީކޮށް ނިންމާލުމަށް ހަމަޖެހިފައިވަނީ މިރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.