ކައިވެނީގައި މައްސަލަ ޖެހިގެން އުޅޭ ކަމަށާއި ވަރަށް އަވަހަށް އެމީހުންގެ ކައިވެނި ނިމިދާނެ ކަމަށް އަޑުއަރައިފައި ވަނިކޮން، ރަންވީރު ސިންގް އެވާހަކަތަކަށް ތަފާތު ގޮތަކަށް ރައްދު ދީފިއެވެ.
ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމުގައިވާ ދީޕިކާ ޕަދުކޯން އާއި ރަންވީރު ވަރިވާން އުޅޭ ކަމަށް ބުނާ ވާހަކަތަށް ގަދަވީ ރަންވީރު ގެ އިންސްޓަގްރާމްގައ ހުރި އެދެމީހުންގެ ކައިވެނީގެ ފޮޓޯތަށް ޑިލީޓް ކުރި ހިސާބުންނެވެ.
މީޑިއާ ތަކުން ބުނެފައިވަނީ އެމީހުންގެ ކައިވެނީގައި މައްސަލަ ޖެހިފައިވާ ކަމަށާއި އެމީހުން ވަރަށް އަވަހަށް ވަކިވާނެ ކަމަށެވެ. ހެއްކެއް ކަމަށް ދެއްކީ ރަންވީރު ޑިލީޓް ކުރި ފޮޓޯ ތަކެވެ.
ނަމަވެސް މިފަހުން ރަންވީރު ބައިވެރިވި ފެޝަންގެ އިވެންޓެއްގައި އޭނާ ވަނީ އެދެމީހުން ވަރިވާން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއްކަން ހާމަކޮށްފަ އެވެ. އެ އިވެންޓުގެ ތެރެއިން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ރަންވީރަށް އެންމެ ހާއްސަ ގަހަނާއަކީ ކޮބައިތޯ ސުވާލު ކުރެވެމުން ރަންވީރު ވަނީ އޭނާގެ އިނގިލީގައި އޮތް ކައިވެނީގެ އަނގޮޓި ދެއްކުމަށްފަހު އޭނާގެ އަންހެނުން ދިން އަނގޮޓި ވަރަށް ހާއްސަ ކަމަށް ބުނެފަ އެވެ.
ރަންވީރު ބުނީ އެ އަންގޮޓި އަކީ އޭނާ އަށް އެންމެ އަގުބޮޑު ޖަވާހިރު ކަމަށާއި އެއީ އޭނާގެ ހިތާއި ގުޅިފައިވާ އެއްޗެއް ކަމަށެވެ. އެހެންވެ އޭނާގެ އެންމެ އަގުބޮޑު ގަހަނާ އަކީ އެއީ ކަމަށް ވަނީ ބުނެފައިއެވެ.
ރަންވީރާއި ދީޕިކާ ކައިވެނި ކުރީ ވަރަށް ކުލަގަދަ ހަފްލާއެއްގައި 2018 ވަނަ އަހަރުގައިއެވެ. މިދިއަ މަހުގައި އެދެމީހުން ވަނީ އަލަތު ދަރިފުޅު ލިބެން އުޅޭކަން އިއުލާން ކޮށްފައިއެވެ.