ފުލުނުންގެ ކޮށްފައިވާ ތަހުގީގެއްގެ ތެރެއިން ކިތާބީ ހެކި ލިބިފައިވާކަމަށް ވިދާޅުވެ ރާއްޖޭގެ ރައްޔިތުންގެ ކުރިމަތީގައި ހާމަކޮށްފައިވާ މައްސަލައެއްގެ ތަޙްޤީޤް ހުއްޓާލެއްވި ސަބަބު ރައްޔިތުންނަށް ސާފުކޮށްދެއްވަން ޖެހޭކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސްޤާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
އެކެއް ފެބުރުއަރީ 2018ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ހިނގައިދިޔަ ކަންތަކުގެ ވާހަތަކުގެ އަޑު ގަދަވެ، އެކަމާއި ގުޅިގެން އެކި ފަރާތްތަކުން ދައްކަވަމުން ވާހަތަކަށް އިޝާރާތްކުރައްވައި ހައިލަމް ވިދާޅުވީ ސްޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން ފުރާޅުން ޓިނު ނެގި ސަބަބު ހާމަކޮށްދެއްވީ ސިވެހ ފުލުހުން ކަމަށެވެ. މިމައްސަލަޔަކީ ހެއްކާއި ގަރީނާއި ލިބިފައިވާ މައްސަލައެެއްކަމަށް ރާއްޖޭގެ ރައްޔިތުންގެ ކުރިމަތީގައި ވިދާޅުވެފައިވާއިރު، މިއަދު މިކަން ނުބަލައި ދޫކޮށްލާފައިވާ ސަބަބު ގާމަކޮށްދޭންޖެހޭކަމަށް، ފުލުހުންނާއި، ޕީޖީ ޓެގްކޮށް ހައިލަމް ކުރެއްވި ޓްވީޓުުގައި ވިދާޅުވެފައިވެއެވެ.
ފުރާޅުން ޓިނު ނަގައިގެން ދެ ފަނޑިޔާރަކު ހައްޔަރުކުރަން ޖެހުނު ސަބަބު ފުލުހުން އެވިދާޅުވެދެއްވީ! އިޔާޒް ވެސް ރޯނު އެދުރަކަށް ވެގެން އުޅުން ހުއްޓާލައްވާ. ކިތާބީ ހެކި ހުރި މިވަރުގެ މައްސަލައެއްގެ ތަޙްޤީޤް ހުއްޓާލެއްވި ސަބަބު ރައްޔިތުންނަށް ސާފުކޮށްދެއްވުން އެދެން.
– ހައިލަމް ވިދާޅުވިއެއެވެ.
ފުރާޅުން ޓިނު ނަގައިގެން ދެ ފަނޑިޔާރަކު ހައްޔަރުކުރަން ޖެހުނު ސަބަބު ފުލުހުން އެވިދާޅުވެދެއްވީ! އިޔާޒް ވެސް ރޯނު އެދުރަކަށް ވެގެން އުޅުން ހުއްޓާލައްވާ. ކިތާބީ ހެކި ހުރި މިވަރުގެ މައްސަލައެއްގެ ތަޙްޤީޤް ހުއްޓާލެއްވި ސަބަބު ރައްޔިތުންނަށް ސާފުކޮށްދެއްވުން އެދެން. @PGO_MV @PoliceMv https://t.co/T9EwepVXFx pic.twitter.com/HPJuwWi3BW
— Ahmed Hailam (@AhmedHailam) December 20, 2020
ހައިލަމް ވަނީ ސްޕްރީމް ކޯޓުން ޓިނު ނެގި މައްސަލާގައި އޭރު މިމައްސަލަ ތަހުގީގު ކުރި ފުލުހުންގެ އިދާރާއިން ދެއްވާފައި ނޫސްވެރިންގެ ބައްދަލުވުމުގެ ބައެއްވެސް ޓްވީޓުގައި ހިއްސާ ކުރައްވާފައެވެ. މިހާދިސާއާއި ގުޅިގެން އޭރު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ އޭރުގެ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަލްއުޘްތާޒު އަބްދުﷲ ސައީދު ރާއްޖޭގެ ބޮޑު ކުންފުންޏަކުން ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނާޖައިޒް މަގުސަދެއް ހިމެނޭ ގޮތަށް ދިންކަމަށް ތުހުމަތު ކުރެވޭ 2.4 މިލިޔަން ޑޮލަރުގެ އެއް ބެނިފިޝަރީއަކީ އަބްދުﷲ ސައީދުކަމަށް ޔަގީން ކުރެވިފައިވާކަމަށެވެ.
އަދި ރިޝްވަތުގެ ގޮތުގައި ދިން ފައިސާ ބޭނުންކޮށްގެން އަލްއުޘްތާޒު އަބްދުﷲ ސައީދު ރާއްޖެއިން ބޭރުން އަގުބޮޑެތި މުދާ އަދި ޕްރޮޕަޓީސް ގަތުމަށް އެތަން ތަނަށް ދަތުރުކޮށް، އެތަންނަށް ޒިޔާރަތްކޮށް، މިކަންކަމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާކަމުގެ ކިތާބީ ހެކި އަދި ޑޮކިއުމަންޓު ފުލުހުންނަށް ލިބިފައިވާކަމަށެވެ.
މީގެ އިތުރުން ދައުލަތް ހިންގުމަށް ގަސްތުގައި ހުރަސް އެޅުމަށްޓަކައި ސްޕްރީމް ކޯޓުގެ އައިޓީ ވިއުގަ ހުއްޓުމަކަށް ގެނައުމަށްޓަކައި އަބްދުﷲ ސައީދުގެ ސީދާ އަމުރަށް ކަމުގައެވެ. މިމައްސަލާގައި އަލް އުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމާއި ގުޅިގެން ހިންގަމުންދާ ތަހުގީގުތަކަށް ފާހަގަކުރެވޭ އެއްކަމަކަށް ބަލާލާއިރު ނަޖުމާއި އިބްރާހިމްގެ ގެއިން ރިކަވާކުރި ފޮށީގެ ތެރެއިން ފާރިޝް މެދުވެރިކޮށް، ނުވަތަ ފާރިޝް މައުމޫންގެ ފަރާތުން މައުމޫން އަބްދުލް ޤައްޔޫމަށް ފޮނުވި ޑޮކުއިމަންޓެއްގައި ދެ ފަނޑިޔާރުން، ޚާއަސްކޮށް ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންކަމުގައިވާ އަލްއުޘްތާޒު އަބްދުﷲ ސައީދާއި، އަލްއުޘްތާޒު އަލީ ހަމީދާއި ދެބޭފުޅުންގެ ނިންމުންތަކާއި، އެބޭފުޅުންްގެ އެކި ކަންކަމަށް ނުފޫޒު ފޯރުވަން އުޅުކަން ހެއްކާއިއެކު ލިބިފައިވާކަމަށެެވެ.
އެކެއް ފެބުރުއަރީގެ އަމުރާއި ގުޅިގެން ޤާނޫނީ ވަކީލުންނާއި، ސިޔާސީ ބޭފުޅުންނާއި، ބައެއް ދީދީ ބޭފުޅުން މިކަމުގައި ޚިޔާލު ފާޅުކުރަމުންދާއިރު، އަމުރަށްފަހު އުއްތަމަ ފަނޑިޔާރުގެ މަޤާމުގައި ހަވާލުވެ ވަޑައިގެންނެވި ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ސްޕްރީމް ކޯޓުން އަމުރެއް ނެރުމަކީ އޭގެޒާތުގައި މައްސަލައެއް ނޫންކަމަށެވެ. ސްޕްރީމް ކޯޓުން ނެރޭ އަމުރެއްގައި މުއިއްޒު ވިދާޅުވާ ފަދަ "އިންކޮންސިސްޓެންސީ" އެއް ވާނަމަ، އެކަން ޗެލެންޖު ކުރެވުމުން އެ އަމުރު މުރާޖަޢާކުރުމުގެ ބާރުލިބިގެންވަނީ ހަމަ އެކޯޓަށްކަމަށެވެ. އެގޮތުގެ މަތިން އެ އަމުރު މުރާޖަޢާ ކުރެވިފައި ވާކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ