ކަރީނާ "ޓޮކްސިކް" ދޫކޮށްލައިފި

ކަރީނާ "ޓޮކްސިކް" ދޫކޮށްލައިފި

"ކޭޖީއެފް" އިން ބޮޑު މަގުބޫލު ކަމެއް ހޯދި  އިންޑިއާގެ ކަންނާޑާ އެކްޓަރު ޔާޝްގެ އާ ފިލްމު "ޓޮކްސިކް" އިން ކަރީނާ ކަޕޫރަށް ހުށަހެޅި ރޯލު އޭނަ ދޫކޮށްލާފައިވާ ކަމަށް ރިޕޯޓައް ބުނެފި އެވެ.

ކޭވީއެން ޕްރޮޑަކްޝަނުން ގެނެސްދޭ މި ފިލްމަކީ ކާމިޔާބު އެކްޓަރު ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ އެއްޗެކެވެ. އެކްޝަން ތުރިލާއެއްގެ ގޮތުގައި ހަދާ "ޓޮކްސިކް" ގެ ޑައިރެކްޓަރަކީ ގީތޫ މޯހަންދާސް އެވެ. މީގެ ޓެގް ލައިނަކީ "އަ ފެއަރީ ޓޭލް ފޯ ގްރޯން އަޕްސް" އެވެ.

މީޑިއާތަކުން ދާދި ފަހުން ބުނި ގޮތުގައި އެ ފިލްމުން ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަށް ހުށަހެޅީ ޔާޝްގެ ދައްތަގެ ރޯލެވެ. އަދި އެއީ ވަރަށް ވަރުގަދަ ރޯލެކެވެ. ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން ތާރީހުގެ ތާށިކަމާ ހުރެ، ފިލްމަށް ވަގުތު ދެވެން ނެތް ކަމަށް ބުނެ ކަރީނާ މިހާރު ވަނީ ފިލްމު ދޫކޮށްލައިފަ އެވެ.

ފިލްމު ރަސްމީކޮށް އިއުލާންކުރި ނަމަވެސް މިއާ ބެހޭ މާ ބޮޑު އިތުރު ތަފުސީލެއް އަދިއެއް ނެތެވެ. މީގެ ކާސްޓާއި ބެހޭގޮތުންވެސް މައުލޫމާތެއް އަދި ހިއްސާ ކޮށްފައިއެއް ނުވެއެވެ.

ޔާޝްގެ ވިދުން ގަދަކޮށްދިން "ކޭޖީއެފް: ޗެޕްޓާ 1″ 2018 ގައި ގެނެސްދިނުމަށް ފަހު ދެވަނަ ބައި ގެނެސްދިނީ މިދިޔަ އަހަރު އެވެ. މި ދެ ފިލްމަކީ ވެސް ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބު ދެ ފިލްމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *