ލޯބީގެ ގޮތުން ދެ އަހަރެއްހައި ދުވަހު އެކުގައ އުޅުމަށް ފަހު ބަތަލާ އަނަންނިޔާ ޕާންޑޭ އާއި އެކްޓަރު އަދިއްތިޔާ ރޯއީ ކަޕޫރު ގެ ގުޅުން ނިމުމަކަށް އައިސްފައިވާ ކަމަށް މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.
ގިނަ މީޑީއާ ތަކަކުން މި ވާހަކަ ގެެނެސްދީފައިވާ ނަމަވެސް މިކަމާއި ގުޅިގެން އެދެތަރިން ކުރެ އެއްވެސް ތަރިއެއް މިހާތަނަށް ރަސްމީކޮން މިކަމަށް އެއްޗެއް ބުނެފައިއެއް ނުވެއެވެ.
އެދެމީހުން ރައްޓެހިވެގެން އުޅޭ ކަމަށް މީޑިއާއިން ރިޕޯޓް ކުރުމުން އެދެމީހުން ކުރެ އެކަކުވެސް މިހާތަނަށް އެކަމަށް އެއްބަސް ވެފައި އެއް ނުވެއެވެ. ހަމަ އެފަދައިން އެކަމަށް އިންކާރު ކޮށްފައިއެއް ވެސް. ނުމެވެއެވެ.
އަނަންޔާ އާއި އަދިތީ ރުޅިކަމުގެ އަޑުތަކެއް ފެތުރުފައި މި ވަނީ އެ ދެ މީހުން ވަރަށް އަވަހަށް އެންގޭޖްވެ، މާ ލަސްތަކެއް ނުވެ ކައިވެނި ކުރަން ވެސް ޕްލޭންކޮށްފައިވާކަމުގެ ވާހަކަތަކެއް ވެސް މި ފަހުން ވަރަށް ގަދައަށް ދެކެވިފައި ވަނިކޮށެވެ. ނަމަވެސް އެމީހުން ރުޅިވި ސަބަބެއް ހާމަ ކޮށްފައިއެއް ނުވެއެވެ.
އަދިތިޔާއާ ރައްޓެހިވުމުގެ ކުރިން އަނަންނިޔާ ވަނީ ޝާހިދު ކަޕޫރްގެ ކޮއްކޮ އެކްޓަރު އިޝާން ކައްޓަރުއާ ވެސް ރައްޓެހިވެގެން އުޅެފައި އެވެ. އެ ގުޅުން ދެމިއޮތީ ގާތްގަނޑަކަށް ދޮޅު އަހަރެއްކާ ދުވަހަށެވެ.