ކޮންސެޓް އެއްގެ ތެރެއިން ފުޅިއަކުން ލަވަކިއުތެރިއާ ސުނިދީ ޗައުހާން އަށް ހަމަލާ ދީފިއެވެ.
އޯޑިއެންސް ގައި ހުރި މީހަކު ވަނީ ލަވައެއް ހުށައަޅައިދީ ނިންމަން އުޅެނިކޮން ފުޅިއެއް އެއްލާ އޭނާއަށް ހަމަލާ ދީފައިއެވެ. އެ ފުޅި އޭނާ އާއި ދިމާއަށް އައުމާއި އެކުގައި ސުނިދީ ވަނީ ވަރަށް ހުޝިޔާރު ކަމާއި އެކުގައި އެފުޅިން ރެކިފައިއެވެ.
ސުނީދީ ވަނީ އެކަމާއި މެދުގައި ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހުން ވެސް ފާޅުކޮށްފައިއެވެ. އެގޮތުން އޭނާ ބުނީ ފުޅި އެއްލައިގެން ކުރެވޭނެހާ ވެސް ކަމަކީ ޝޯ ހުއްޓާލުން ކަމަށާއި އެއީ ބެލުންތެރިން ބޭނުންވާ ގޮތްތޯ އޭނާ ސުވާލު ކުރި އެވެ.
Have you been to my party???
Well this is what it looks like 😉🎉🥳🎈🎊🍾👯#aboutlastnight #sclive #sunidhilive #scl #uk #friday #SGRRUniversityDehradun pic.twitter.com/7r0DBtNTPq— Sunidhi Chauhan (@SunidhiChauhan5) May 3, 2024
ސުނިދީގެ ކެރިއަރުގައި މިހާތަނަށް 2000 އަށްވުރެ ގިނަ ލަވަ ރެކޯޑު ކޮށްފައިވާއިރު އޭނާ ވަނީ ބޮލީވުޑްއަށް ރީތި ލަވަތަކެއް ކިޔައދީފިއެވެ. އޭނާ އަކީ އިންޑިއާގެ އެންމެ މަޝްހޫރު ލަވަކިއުންތެރިންގެ ތެރެގައި ހިމެނޭ ލަވަކިއުންތެރިއެކެވެ.
ކޮމެންޓު ފޮނުވާ