ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި މިއަދު ބޭއްވި އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) 2024 ގައި ވޯލްޑް ޓްރެވަލް އެވޯޑްސް (އިންޑިއަން އޯޝަން ކެޓަގަރީ) ގެ ޝަރަފުވެރި ހަތަރު ކެޓަގަރީއެއް ރާއްޖެއަށް ލިބިއްޖެއެވެ.
މި އަހަރު ރާއްޖެއިން ހޯދި ކެޓަގަރީތަކަކީ:
- އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން 2024
- އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން 2024
- އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން 2024
- އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން 2024
1993 ވަނަ އަހަރު އުފެދުނު ވޯލްޑް ޓްރެވަލް އެވޯޑަކީ ޓްރެވަލް އެންޑް ޓޫރިޒަމްގެ ދުނިޔޭގައި އެންމެ ޝަރަފުވެރި އަދި މަގުބޫލު އެއް އެވޯޑެވެ.
ފަތުރުވެރިކަމާއި ޓްރެވަލް އިންޑަސްޓްރީގައި އެންމެ ފާހަގަކޮށްލެވޭ އެންޑޯސްމަންޓް ރަމްޒުކޮށްދޭ މި އެވޯޑުގެ މަގްސަދަކީ ޓްރެވަލް އެންޑް ޓޫރިޒަމްގެ ހުރިހާ ދާއިރާއަކުން ވެސް ދުނިޔޭގެ ފެންވަރުގައި ހޯދާފައިވާ ކާމިޔާބީތަކުގެ އަގު ވަޒަންކޮށް އިނާމު ދިނުމެވެ.
އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން 2024 ގެ އެވޯޑް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ބަލައިގަތްއިރު، އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން 2024 ގެ އެވޯޑް އެމްއެމްޕީއާރުސީގެ ބޯޑުގެ ޗެއާޕާސަން އަލްފާޟިލާ އައިޝާ ނުރަޔަން ޖަނާހު ވަނީ ފަޚުރުވެރިކަމާއެކު ހަވާލުކުރައްވާފައެވެ.
މީގެ އިތުރުން އިންޑިއަން އޯޝަންސް ލީޑިންގް ގްރީން ޑެސްޓިނޭޝަން 2024 ގެ އެވޯޑް ރާއްޖޭގެ ފަރާތުން ބަލައިގަތީ އަލްފާޟިލާ ފާތުމަތު ތައުފީގެވެ. އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން 2024 ގެ އެވޯޑާ ހަވާލުވެވަޑައިގެންނެވީ އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙައްމަދު ޚަލީލެވެ.