އިންތި، ކުރީގެއުއްތަމަ ފަނޑިޔާރު ދީދީއަށް: ތިޔައީ ކޯޓުތެރޭގައި ވެސް ބަޣާވާތްކުރި މީހެއް!

އިންތި، ކުރީގެއުއްތަމަ ފަނޑިޔާރު ދީދީއަށް: ތިޔައީ ކޯޓުތެރޭގައި ވެސް ބަޣާވާތްކުރި މީހެއް!

Author
މުޙައްމަދު ޝަޒައިމް
20 ޑިސެމްބަރ 2020 01:06
0

ކުރީގެ އުއްތަމަ ފަޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީއަކީ އުއްތަމަ ފަނޑިޔާރުކަން ހޯދުމަށް ރަޙުމަތްތެރިންނަށް ވެސް ދޯކާދީ ކޯޓުތެރޭގައި ވެސް ބަޣާވާތްކުރި މީހެއް ކަމުގައި މާފަންނު އުތުރު ދާއިރާ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

މިހާރުގެ ސަރުކާރުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން އޭރުގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނާއި، ގުޅިގެން އޭރު އޮތް ޤާނޫނީ ސަރުކާރު ވައްޓާލަން ރޭވިކަމުގެ ތުހުމަތު ފުރަތަމަ ފަހަރަށް އޭރުގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެން އިންތި ވިދާޅުވީ އެވިދާޅުވާ ހުކުމަކީ އަހުމަދު އަބްދުﷲ ސައީދުވެސް ސޮއި އަޅައިގެން ނެރެފައިވާ ހުކުމެއްކަމަށެވެ. އަދި އެހުކުމް ޖެހިގެން އައި ދުވަހު އެހެން ގޮތަކަސް ބަދަލު ކުރެއްވި ބޭފުޅަކު މިއަދު މިވާހަކަ ދެއްކުމުން ހައިރާން ނުވާކަމަށެވެ.

ތިމާ ވެސް އެ ޙުކުމުގައި ސޮއި އަޅައިގެން ޙުކުމް ނެރެފައި، އަނެއް ދުވަހު އެ ނޫން ގޮތަކަށް އެ ޙުކުމް ބަދަލުކުރި ކަލޭގެތަ މިވާހަކަ ދައްކަނީ؟! އުއްތަމަ ފަނޑިޔާރުކަން ހޯދުމަށް ރަޙުމަތްތެރިންނަށް ވެސް ދޯކާދީ ކޯޓުތެރޭގައި ވެސް ބަޣާވާތްކުރި މީހެއް ތިޔައީ!

– އިންތި ވިދާޅުވިއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރުގެ ވާހަތަކާއި ގުޅިގެން ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަޙްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނީގޮތުން ދެކޮޅުޖެހޭ އަމުރެއް ނޫންކަމަށެވެ. އެ އަމުރު ނެރުނީ 5 ފަނޑިޔާރުންގެ އިއްތިފާގުންކަމަށާއި، އެ 5 ފަނޑިޔާރުންވެސް އެ އަމުރަށް، އަދި އޭގެ ނަތީޖާއަށް ޒިންމާވާން ޖެހޭނެކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

ޑރ.އަހުމަދު އަބްދުﷲ ދީދީ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައީސް ޔާމީން ސްޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއްކަމަށެވެ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ މިމައްސަލާގައި ބަލަންޖެހޭ ކަމުގައިވާނަމަ ބަލަންޖެހޭނީ އޭރު އޮތް ޤާނޫނީ ސަރުކާރު ވައްޓާލުމަށް ސްޕްރީމް ކޯޓުގައި އޭރު ތިއްބެވި ބައެއް ފަނޑިޔާރުންނާއި ގުޅިގެން ވެރިކަން ވައްޓާލަން ރޭވިކަމުގެ މައްސަލަ ކަމަށެވެ. ކުރީގެ އުއްތަމަ ފަނޑިޔާރުވަނީ އެކަން ކުރުމުގައި އިސްކޮށް އޮތީ އޭރުގެ އިދިކޮޅު ކޯލިޝަން އަދި މިހާރުގެ ވެރިކަން ކުރާ ކޯލިޝަންކަމަށް ނިސްބަތްވާ ގޮތަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.