އެނބުރި އަންނަ ފިލްމްގެ ޝޫޓިން އިމްރާން ފަށައިފި

އެނބުރި އަންނަ ފިލްމްގެ ޝޫޓިން އިމްރާން ފަށައިފި

Author
ފާތިމަތު ނާވީ
05 މެއި 2024 04:44
0

ކުރީގެ މަޝްހޫރު ބޮލީވުޑްގެ އެކްޓަރު އިމްރާން ހާން އެނބުރި ބޮލީވުޑަށް އަންނަ ފިލްމް ގެ ޝޫޓިން ފަށައިފިއެވެ.

މަޝްހޫރު އެކްޓަރު އާމިރު ޚާނަށް ބޮޑުބޭބެ ކިޔާ އިމްރާންގެ އާ ފިލްމަކީ "ހެޕީ ޕަޓޭލް" ކަމަށް ރިޕޯޓްތައް ބުނެ އެވެ. ވަރަށް އުންމީދީ އެކްޓަރެއްގެ ގޮތުގައި ފާހަގަ ކުރެވިގެން ދިއަ އިމްރާންގެ ކެރިއަރު ބޮއްސުން ލައި ބޮޑު ސްކްރީން އާއި އޭނާ ދުރުގައި ހުންނަތާ ދުވަސްގަނޑެއް ވެއްޖެއެވެ.

 

View this post on Instagram

 

A post shared by Imran Khan (@imrankhan)

އޭނާގެ ތިރި ކަމާއި ޗާމް ކަމުގެ ސަބަބުން ގިނަ ބައެއްގެ ހިތް އަތުލި އިމްރާން އެންމެ ފަހުން ފެނިފައި ވަނީ ކަންގަނާ ރަނާވަތާ އެކީ ކުޅުނު 2015 ގެ "ކައްޓީ ބައްޓީ" އިންނެވެ.

2008 ވަނަ އަހަރު ބޮލީވުޑްއަށް އޭނާ ނުކުރީ ފިލްމް ""ޖާނޭ ތޫ…ޔާ ޖާނޭ ނާ" އިންނެވެ. މި ފިލްމް އަށް ލިބުނު ބޮޑު ތަރުހީބާއި އެކުގައި އޭނާ އަށް ގިނަ އޮފާތަކެއް ލިބުނެވެ. ނަމަވެސް މާގިނަ ދުވަހެއް ނުވެ އޭނާގެ ތަރި އޮއްސުނީއެވެ.

 

View this post on Instagram

 

A post shared by Vir Das (@virdas)

41 އަހަރުގެ އިމްރާންގެ ފިލްމް ޝޫޓިން މިހާރު ގޯއާގައި ކުރިއަށްދާ ކަމަށް މީޑިއާ ރިޕޯޓްތަށް އަންނަނީ ބުނަމުންނެވެ. މީގެ ޑައިރެކްޓަރަކީ އިމްރާނާ އެކީ 2011 ގެ "ދިއްލީ ބެލީ" ގެ ރޯލެއް ކުޅުނު އެކްޓަރު/ސްޓޭންޑަޕް ކޮމީޑިއަން ވީރް ދާސްއެވެ. މި ފިލްމު ވާނީ އޭނަގެ އަލަތު ޑައިރެކްޝަނަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.