ރަންވީރު ގެ ހުރާފީ ފިލްމް ގެ ނަމަކީ "ރަކްޝަސް"

ރަންވީރު ގެ ހުރާފީ ފިލްމް ގެ ނަމަކީ "ރަކްޝަސް"

Author
ފާތިމަތު ނާވީ
05 މެއި 2024 04:49
0

މަޝްހޫރު ބޮލީވުޑް އެކްޓަރު ރަންވީރު ސިންގް ސޮއި ކުރި ހުރާފީ ފިލްމް އަކީ "ރަކްޝަސް" ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.

މި ފިލްމަކީ ކުޅަދާނަ ތެލެގޫ ޑައިރެކްޓަރު ޕްރަޝާންތު ވަރުމާ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެއް ކަމަށް ރިޕޯޓް ތަށް އަންނަނީ ބުނަމުންނެވެ. އޭނަ އަކީ މިދިޔަ ފެބްރުއަރީގައި ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ސުޕަހީރޯ ފިލްމު "ހަނޫ-މޭން" ގެ ޑައިރެކްޓަރެވެ. އެންމެ 40 ކްރޯޑް ރުޕީސް (5 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި އެ ފިލްމަކީ 330 ކްރޯޑް ރުޕީސް (40 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެވެ.

މިއީ ރަންވީރު އާއި އެކުގައި ފިލްމް އެއްގައި ޕްރަޝާންތު މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. އެއާއި އެކުގައި މި ފިލްމް އަށް ކުރެވޭ އުންމީދު ތަށް ވެސް ވަރަށް ބޮޑެވެ.

 

View this post on Instagram

 

A post shared by Ranveer Singh (@ranveersingh)

މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާ ރަންވީރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ޑައިރެކްޓަރު ކަރަން ޖޯހަރް ގެނެސްދިން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ. ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް މި ފިލްމް އަށް ލިބިގެން ދިއަ އިރުގައި މި ފިލްމް އަކީ ބޮކްސް އޮފީގުގައި ވެސް ރެކޯޑު މުގުރާލި ފިލްމްއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.