ސަނާ ކިޔަމުންދާ ގްރޫޕްތަކުން ކިތަންމެ ވަރަކަށް ސަނާ ކިޔަމުންދިޔަ ކަމުގައި ވީނަމަވެސް މިހާރުވެސް ފެނިގެންދަނީ ކުރިންވެސް ފެނުނު ލާދީނީ ކަންކަން ދެމެހެއްޓުމަށް ކުރާ މަަސައްކަތް ކަމުގައި އަލީ ރަމީޒު ބުނެފިއެވެ.
އެއްވެސް ބައެއްގެ ނަން ހާމަނުކޮށް، ސަރުކާރަސް ނިސްބަތްވާ ގޮތަށް އަލީ ރަމީދު ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ އިސްލާމްދީނަށް ނަފްރަތު ކުރާ ބައެއްގެ ފަރާތުން އުންމީދު ކުރަންވީ ކޮންކަމަށް ތޯކަމުގައެވެ. އަދި ދިނާއި ޚިލާފަށް ހިންގޭ ކަންތައްތަކާއި ކުރާ ކަންތައްތައް އެގި، ފެނި ތިބެވެސް އެކަންކަމަށް ސަމާޅުކަމެއްނުދީ ސަނާ ކިޔަމުންދާ މީހުން ކިތަންމެ ސަނާއެއް ކިޔަމުން ދިޔަނަމަވެސް ފެންނަމުންދަނީ ކުރިންވެސް އެމީހުންގެ ފަރާތުން ފެނިގެންދިޔަ ލާދީނީ ކަންތައްތައް ކަމުގައި އަލީ ރަމީޒު ވަނީ ބުނެފައެވެ.
Islam dheenah nafrathu kuraa bayegge faraathun ummeedhu kuranvee kon kameh heyyeve? Sanaa group in kithanme varakah sanaa kiyas, fennamun edhanee ebaimeehunge faraathun kurin ves yageen kuri laadheenee kanthah thakeve.
— Ali Rameez (@aliramyz) December 20, 2020
އަލީ ރަމީޒު ނިސްބަތްވާ ސަލަފް ޖަމްއިއްޔާއާއި، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް ނިސްބަތްވާ އިލްމުވެރިންނާއި ދަނީ ފަހަކަށް އައިސް ބަހުގެ ހަމަލާތައް ބަދަލު ކުރަމުންވެ. އަދާލަތު ޕާޓީގެ އިލްމުވެރިން ސަރުކާރު ދިފާއުކޮށް ސަރުކާރުގެ ކަންކަމަށް ތާއީދު ކުރަމުންދާއިރު، ސަލަފުގެ އިލްމުވެރިންދަނީ ދީނާއި ޚިލާފަށް ސަރުކާރުގެ ތެރެއިން ކުރެވޭ ބައެއް ކަންކަން ފާހަގަކޮށް އެކަންކަން ރައްޔިތުންގެ ސަމާލުކަން ގެންނަމުންވެ.
އެގޮތުން އެމްޑީއެންގެ އިސްވެރިންނަށް ފިޔަވަޅު ނޭޅުމާއި، އުތެމަ ޖަމްއިއްޔާއާއި، ދީނާއި ޚިލާފަށް ހިއްވަރުދޭ މީހުންނާއިމެދު އެކަށީގެންވާ ފިޔަވަޅު ނާޅާ މައްސަލާގައި ސަލަފުގެ އިލްމުވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ