ވަރުން އާއި ޖާންވީގެ ފިލްމަށް އިތުރު ތަރިންތަކެއް

ވަރުން އާއި ޖާންވީގެ ފިލްމަށް އިތުރު ތަރިންތަކެއް

Author
ފާތިމަތު ނާވީ
05 މެއި 2024 08:53
0

ބޮލީވުޑްގެ ތަރިން ކަމަށްވާ ވަރޫން ދަވަން އާއި ޖާންވީ ކަޕޫރް އެކީގައި ކުޅެން ހަމަޖެހިފައިވާ ދެވަނަ ފިލްމު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" ގެ ކާސްޓާ އިތުރު ދެ ދެ ތަރިއަކު ގުޅިއްޖެ އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަސް ޝިޝާންކް ކައިތާން ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމުގެ ކާސްޓަށް އިތުރުވީ ސާނިއާ މަލްއުތުރާ އާއި ރޯހިތު ސަރަފު ކަމަށެވެ.

 

View this post on Instagram

 

A post shared by SanyaM (@sanyamalhotra_)

އެ ފިލްމަކީ ދެ ތަރިން ވެސް ބޮލީވުޑަށް ނެރުނު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ލޯބީގެ ވާހަކައަކަށް ހަދަން ނިންމާފައިވާ އެއްޗެކެވެ. މީގެ ޑައިރެކްޓަރަކީ 2022 ގެ "ގޯވިންދާ މޭރާ ނާމް" ގެނެސްދިން ޝިޝާންކް ކައިތާނެވެ. އޭނަ އަކީ 2018 ގެ "ދަޅަކް" އިން ޖާންވީ ބޮލީވުޑަށް ނެރުނު ޑައިރެކްޓަރު ވެސް މެ އެވެ.

 

View this post on Instagram

 

A post shared by Rohit Suresh Saraf (@rohitsaraf)

ވަރުން އާއި ޖާންވީ އެކުގައި ކުޅުނު ފުރަތަމަ ފިލްމަކީ އެމެޒަން ޕްރައިމް ވީޑިއޯ އިން ގެނެސްދިން "ބަވާލް" އެވެ. އެ ފިލްމަށް މާ ބޮޑު ތަރުހީބެއް ނުލިބުނެވެ.  ވަރޫން އާއި ޖާންވީގެ "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ އެޕްރީލް 18 ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.