ކުރިއަށް އޮތް 48 ގަޑިއިރު މުޅި ރާއްޖެއަށް މޫސުން ގޯސް، ސަމާލުވޭ!

ކުރިއަށް އޮތް 48 ގަޑިއިރު މުޅި ރާއްޖެއަށް މޫސުން ގޯސް، ސަމާލުވޭ!

Author
މުޙައްމަދު ޝަޒައިމް
20 ޑިސެމްބަރ 2020 12:03
0

ކުރިއަށް އޮތް 48 ގަނޑި އިރު މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާއި، ބެހޭ ޤައުމީ އިދާރާއިން އިލްތިމާސް ކޮށްފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެ ހިމެނޭ ސަރަޙައްދުގައި އުފެދިފައިވާ ޓްރަފްގެ ސަބަބުން ކުރިއަށް އޮތް 48 ގަޑިއިރު، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު، ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭކަމަށެވެ. މީގެ އިތުރުން ހއ.އަތޮޅުން ފެށިގެން އއ.އަތޮޅާ ދެމެދުގެ ސަރަޙައްދަށް އާންމުވައި ގަދަވެ، ކަނޑުތައް ގަދަ ވާނެ ކަމަށް ލަފާ ކުރެވޭކަމަށެވެ.

އެހެންކަމުން ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވެލެއްވުމަށް ވަނީ  އިލްތިމާސް ކޮށްފައެވެ. އަދި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، ފެންބޮޑު ވެދާނެ ކަމަށް ލަފާކުރެވޭތީވެ، އާންމުކޮށް ފެންބޮޑުވާ ރަށްތަކުގައި ދިރިއުޅުއްވާ ފަރާތްތަކުން ރައްކައުތެރި ކަމުގެ ފިޔަވަޅު އެޅުއްވުމަށް ވަނީ ދަންނަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.