އީޝާ ވެސް ރެސްޓޯރެންޓެއް ހުޅުވައިފި

އީޝާ ވެސް ރެސްޓޯރެންޓެއް ހުޅުވައިފި

Author
ފާތިމަތު ނާވީ
03 މެއި 2024 09:38
0

ބޮލީވުޑްގެ ބަތަލާ އިޝާ ގުޕްތާ ސްޕެއިންގައި ރެސްޓޯރަންޓެއް ހުޅުވާލައިފި އެވެ.

ލްގްޒަރީ މި ރެސްޓޯރެންޓުގައި އެންމެ މަތީ ފަންތީގެ ހިދުމަތް ލިބިގެންދާނެއެވެ. މި ޒަމާނުގެ ދިރިއުޅުމާއި ވަރަށް ބޮޑަށް ގުޅޭގޮތަށް މި ރެސްޓޯރެންޓް ހުޅުވާފައި ހުރި އިރުގައި ރެސްޓޯރަންޓްގެ ނަމަކީ "ކާސާ ސެލާސެސް" އެވެ.

މި ރެސްޓޯރެންޓް ހުޅުވާފައި ވަނީ ސްޕެއިންގެ އެންމެ މަޝްހޫރު ސިޓީތަކުގެ ތެރޭގައި ހިމެނޭ ވެރިރަށް މެޑްރިޑްގަ އެވެ. ގައުމުން ބޭރު ސްޕެއިންގައި އިޝާ ރެސްޓޯރެންޓެއް ހުޅުވިއިރުގައި އޭނާ ގިނައިން މިހާރު ދިރިއުޅެމުން އަންނީ ސްޕެއިންގައިއެވެ.

އޭނާ އުޅެމުން އަންނަނީ ސްޕެއިންގެ ލޯބިވެރިއާ އާއި އެކުގައިއެވެ. އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ސްޕެއިންގެ ވިޔަފާރީ ވެރިއަކާއިއެވެ. އެމީހުން ވަރަށް އަވަހަށް ކައިވެނި ކުރަން ތައްޔާރު ވަމުން އަންނަ ކަމަށް ބައެއް މީޑިއާރިޕޯޓްތަށް އަންނަނީ ބުނަމުންނެވެ.

 

View this post on Instagram

 

A post shared by Esha Gupta (@egupta)

މިހާރު އުމުރުން 38 އަހަރުގެ އިޝާ ބޮލީވުޑަށް ނުކުތީ 2012 ގެ "ޖަންނަތު 2″ އިންނެވެ. ނަމަވެސް އޭނާގެ އެކްޓިން ކެރިއަރުގައި މިހާތަނަށް އަދި މާބޮޑު ކާމިޔާބެއް ހޯދިފައިއެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.