ޝޫޓީން އަށް ދާއިރު ދަރިފުޅު ބަލަނީ މަންމަ: ޕްރިޔަންކާ

ޝޫޓީން އަށް ދާއިރު ދަރިފުޅު ބަލަނީ މަންމަ: ޕްރިޔަންކާ

Author
ފާތިމަތު ނާވީ
03 މެއި 2024 10:29
0

ޝޫޓިން ތަކުގައި އުޅޭއިރުގައި ދަރިފުޅު ބެލުމުގެ ކަންކަން ކުރަނީ މަންމަ މަދޫ ޗޯޕްރާ ކަމަށް ބަތަކާ ޕްރިޔަންކާ ޗޯޕްރާ ބުނެފިއެވެ.

ޕްރިޔަންކާ ބުނީ އޭނާ އަކީ އާންމުކޮން ވެސް އަދި އަބަދުވެސް ވަރަށް ބިޒީ ޝެޑިއުލެއް ގައި އުޅޭ މީހެއް ކަމަށެވެ. އަދި ޝޫޓިންގ ތަކަށް ދިގު މުއްދަތަށް ވެސް ދާން ޖެހޭ ކަމަށެވެ.

ނަމަވެސް ދަރިއަކު ލިބުމާއި އެކުގައި އޭނާ ގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލު ތަކެއް އައިސްފައިވާ ކަމަށާއި މިހާރު ވީހާވެސް ބޮޑަށް ދަރިފުޅާއި އެކުގައި ވަގުތު ހޭދަ ކުރެވޭތޯ މަސައްކަތް ކުރާ ކަމަށް އޭނާ ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

ދަރިފުޅު އާއި ދުރުގައި ހުންނަ އިރުގައި ދަރިފުޅުގެ ކަންތަށް ތަކާއި މެދުގައި މާބޮޑަށް ވިސްނަން ނުޖެހޭ ކަމަށާއި ސަބަބަކީ އޭނާ ޝޫޓިން ގައި އުޅޭ އިރުގައި ދަރިފުޅު ބަލާނީ އޭނާގެ މާމަ ނުވަތަ ޕްރިޔަންކާގެ މަންމަ ކަމަށެވެ. އެހެންވެ ހިތަށް ވެސް ވަރަށް ލުއި ލިބޭ ކަމަށް އޭނާ ބުންޏެވެ.

އަދި މަންމަ މަދޫ އަކީ އޭނާގެ ދަރިފުޅު ތަރުބިއްޔަތު ކުރުމަށް އެންމެ ރަނގަޅު އެކަކުކަން ފާހަގަ ކުރަމުން އޭނާ ބުނީ އޭނާގެ މަންމަ ގެ ތަރުބިއްޔަތާއި މެދުގައި އޭނާ ކުޑަކޮށްވެސް ޝައްކު ނުކުރާ ކަމަށެވެ.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

ލަވަކިއުންތެރިއާ ނިކް ޖޯނަސް  އާއި ޕްރިޔަންކާ ކައިވެނި ކުރީ ވަރަށް ކުލަ ގަދަ ހަފްލާއެއްގައި 2018 ވަނަ އަހަރުގައިއެވެ. އެދެމީހުން ދަރިއަކު ހޯދައިފައިވަނީ ސަރޮގަސީއެއް ބޭނުން ކޮށްގެންނެވެ. އެދެމަފިރިންނަށް އެމީހުންގެ އަލަތު ދަރިފުޅު މާލްތީ މޭރި އުފަންވެފައިވަނީ 2022 ވަނަ އަހަރުގައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.