ބޯހިޔާވަހިކަން ހޯދައި ދިނުުމުގެ ޝައުޤު ހުރި މީހަކު ވަޒީރަކަށް ލުމަށް ގޮވާލައިފި

ބޯހިޔާވަހިކަން ހޯދައި ދިނުުމުގެ ޝައުޤު ހުރި މީހަކު ވަޒީރަކަށް ލުމަށް ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
20 ޑިސެމްބަރ 2020 11:58
0

ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ އިޖުތިމާއީ އެންމެބޮޑު މައްސަލަ ކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމުގެ ޝައުގުވެރިކަން ހުރި ވަޒީރަކު އެ ވުޒާރާގެ މިނިސްޓަރަކަށް ގެނައުމަށް "އާއްމުންގެ އެކުވެރި ގުޅުން" ޖަމްއިއްޔާން ގޮވާލައިފިއެވެ.

ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަކަތަކަށް ހައްލު ހޯދުމަށްވުރެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ޝައުގުވެރިކަން އެހެން ދިމާލަށް ހުންނަކަން ފާހަގަކޮށް އާންމު އެކުވެރިންގެ ގުޅުމުން ބުނެފައިވަނީ ބޯހިޔާވަހިކަމަކީ ދިރިއުޅުމަށް ބޭނުންވާ އެންމެ އަސާސީ ހައްގަށްވާއިރު، މިހައްގު ހޯދައި ދިނުުމަށް މަސައްކަތް ނުކުރެވޭ ވަޒީރަކު މިނިސްޓަރު ކަމުގައި ހުރުމަކީ އެކަމުން ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްކަމަށެވެ. އެ ޖަމްއިއްޔާވަނީ މިނިސްޓަރ އަސްލަމް މި އަހަރުގެ މިހާތަނަށް ކުރެއްވި ޓްވީޓްތަކުގައި ޝައުގުވެރިކަން ހުރި ގޮތްތަކަށް ތަފްސީލީ ގޮތެއްގައި އަލި އަޅުވާލާފައެވެ.

ވަޒީރު މުހައްމަދު އަސްލަމަށް މި އަހަރު ޖުމްލަ ކުރީ 11 ޓުވީޓެވެ. މޫސުމާއި ބެހޭ 1 ޓުވީޓު، ދަރިކަނބަލުން އިނގިރޭސިވިލާތުގައި ކުރާ ތަޖުރިބާ އާއި ބެހޭ 1 ޓުވީޓު. ކޮވިޑާއި ބެހޭ 3 ޓުވީޓު، ވަގުތުގެ ހަގީގަތް، ފަލްސަފާތައް އަދި ފެންޓަސީ ތަކާއި ބެހޭ 3 ޓުވީޓު އަދި ދުނިޔެވީ އެހެން ކަންތައްތަކާއި ބެހޭ އިތުރު 3 ޓުވީޓު. މި 12 މަސް ތެރޭގައި ބޯހިޔާވަހިކަމާއި ގުޅޭ 2 ނޫސް ކޮންފަރެންސް ބޭއްވެވިއިރު ފުރަތަމަ ކޮންފަރެންސްގައި ހިޔާ ފްލެޓުތަކުގެ ބައެއް ވުޖޫދުގައި ނެތްކަމަށް އޮޅުމަކުން ވިދާޅުވެވުނި އިރު ދެވަނަ ނޫސް ކޮންފަރެންސް ގައި ފްލެޓުގެ އަގުތައް އޮޅި ވަޑައިގެންނެވި.

– އާއްމުންގެ އެކުވެރި ގުޅުމުން ބުނެފައިވެއެވެ.

އެޖަމްއިއްޔާއިން ބުނީ މި 12 މަސް ތެރޭގައި ހިޔާ ފްލެޓުތަކާއި ގުޅިގެން ރައްޔިތުން ކުރާ ޝަކުވާ ތަކަށް ޖަވާބު ނުލިބިގެން އެންމެ ފަހުން އެތައް ބަޔަކު ޓުވީޓާގައި އެކި އެކައުންޓްތައް މިކަމާއި ގުޅިގެން ހަދައި މިހިސާބަށް އަންނަން މަޖުބޫރުވެފައިވާކަމަށެވެ. އެހެނަސް މި 12 މަސް ތެރޭގައި ޓުވިޓާ މެދުވެރިކޮށް ރައްޔިތުން ރޮއި ހޭރޭ އަޑުވެސް މިނިސްޓަރަށް އިވި ވަޑައި ނުގަންނަވާކަމަށެވެ.

ބޯހިޔާވަހިކާމައި ބެހޭ ވާހަކައެއް، ސުވާލެއްގެ ޖަވާބެއް ހޯދާނެ ގޮތް އަޅުގަނޑުމެން މިތިބީ ހުސްވެފައިއެވެ. އަސްލަމުގެ ޝައުގުވެރިކަން ހުރީ ކޮވިޑު ކަންތައްތަކަށް ނަމަ ހެލްތު މިނިސްޓްރީއަށް، ޝައުގުވެރިކަން ހުރީ ވަގުތުގެ ފަލްސަފާތަކާއި ޕިޒިކްސް އަށް ނަމަ ސައިންސް މިނިސްޓްރީއަށް އެމަނިކުފާނު ބަދަލުކޮށް ބޯހިޔާވަހިކަމަށް ޝައުގުވެރިކަން ހުރި އެކަމުގައި ރައްޔިތުންނާއި، ޖަމިއްޔާ ޖަމާއަތްތަކާއިއެކު މަސައްކަތް ކުރާނެ، ކުރެވޭނެ މީހަކު އެ މަގާމަށް އައްޔަން ކޮށްދިނުން އެދި ރައީސް ޞާލިހުއަށް ދަންނަވަމެވެ. މިކަން ބެއްލެވުންއެދި މުހައްމަދު ނަޝީދައަށް ދަންނަވަން.

– އާއްމުންގެ އެކުވެރި ގުޅުމުން ބުނެފައިވެއެވެ.

ވާހަކަ ދެއްކުމާއި މަޝްވަރާގެ މަގު އިސްކޮށް އެމަގުން ކަންކަން ކުރަން އިސްކަންދެވެންވައިރު، ހުރިހާ ކަމެއްގެ ހައްލަކީ ރައްޔިތުން މަގުމައްޗަށް ނިކުތުން ކަމަށް ވެގެން ނުވާނެކަމަށް އާއްމުންގެ އެކުވެރި ގުޅުމުން ބުނެފައިވެއެވެ. ބޯހިޔާވަހިކަމަށް ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދި ގިނަ ބައެއްގެ ކަންބޮޑުވުން ހުރި އިރު، ކުރީ ސަރުކާރުން އަޅާފައިވާ 7،000 ހައުސިން ޔުނިޓްވެސް އޭގެ ހައްގު ވެރިންނަށް ހަވާލު ކުރުމުގައި އޮޅުވާލުންތަކެއް ހުރިކަމަށް ބުނެ ގިނަ ބަޔަކު ދަނީ އެކަމާއިވެސް ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.