ކާމިޔާބު އަދި މަޝްހޫރު ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ 2014 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމް "ޕީކޭ" ގައި އޮރިއާން ވެގެން މަންޒަރެއް ކުޅުންޖެހުނު ކަމަށް އާމރު ހާން ބުނެފައިއެވެ.
އޭނާ މިވާހަކަ ދައްކައިފައިވަނީ ނެޓްފްލިކް އިން ގެނެސްދޭ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯވ" ގައި ބައިވެރިވެ ދެއްކި ވާހަކައިގެ ތެރޭގައިއެވެ. އާމިރު ބުނީ އޭނާ އަކީ ވަރަށް ލަދުރަކި މީހެއް ކަމަށާއި އެމަންޒަރު ނަގަން އޮރިޔާން ވާން ޖެހުނު ކަމަށެވެ.
"އެންމެ ފުރަތަމަ އެމީހުން ލެއްވި ކުރިމަތިން ނިވާވާ ކަހަލަ އެއްޗެއް. މަޑުމަޑުން އަހަރެން ހިނގާ އިރުގައި އެ އޯކޭ. އެކަމަކު ޖެހެނީ ބާރަށް ދުވަން. ދުއްވައިގަންނަ އިރަށް އެ ވެއްޓޭ."
އޭނާ ބުނީ ޝޫޓިން އޮތް ދުވަހުގެ ކުރީރޭގައި އެކަމާއި އޭނާ ވަރަށް ބޮޑަށް ވިސްނި ކަމަށެވެ. އަދި އެ މަންޒަރު ކުޅެވޭނެތޯ ސުވާލު އުފެއްދުނު ކަމަށް ވެސް ބުނެފައިވެއެވެ.
"ހިތަށް އެރީ ކިހިނެއްބާއޭ ކުޅޭނީ. އޭރު ލަދުވެސް ގަތް. އެކަމު ސެޓަށް ގޮސްފައި ޝޮޓަށް ރެޑީވީ. ބޭނުންވީ ބެސްޓް ދޭން. ދުވައި ގަންނަ އިރަށް ލައްވައިފައި ހުރި އެތި އެބަ ވެއްޓޭ. ދެން ބުނެފިން ހިރާނީ ކާރީ އެއްޗެއް ނުލާ ދުވާނީއޭ"
އެމަންޒަރު ނެގި ސަރަހައްދަކީ ވަރަށް މީހުންނާއި އެކަހެރި ސަރަހައްދެއް ކަމަށާއި، އެސަރަހައްދުން މީހުން ނުފެންނަ ކަމަށް އޭނާ ބުންޏެވެ. ޕީކޭ އަކީ މީގެ 10 ވަރަކަށް އަހަރު ކުރިން ނިކުން ފިލްމް އެއް ނަމަވެސް އަދިވެސް ގިނަ ބަޔަކަށް އެ ފިލްމް ކަމުދެއެވެ.
ކާމިޔާބު މި ފިލްމްގެ ކާސްޓުގައި އާމިރު އާއި އެކުގައި ލީޑުން ފެނިގެންދިއައީ އަނުޝްކާ ޝާރުމާއެވެ. މުހިންމު ރޯލު ތަކުން ސުޝާންތް ސިންގް ރާޖް ޕޫތް އާއި ސަންޖޭ ދަތް އަދި ބޮމަން އިރާނީ ގެ އިތުރުން ސައުރަބް ޝުކްލާ ފަދަ ތަރިން ފެނިގެން ދިއައެވެ.