ހޮލީވުޑް އިން ފުރުސަތެއް ލިބުން: ކެޓްރީނާ

ހޮލީވުޑް އިން ފުރުސަތެއް ލިބުން: ކެޓްރީނާ

Author
ފާތިމަތު ނާވީ
01 މެއި 2024 12:24
0

ހޮލީވުޑްގެ ފިލްމް އަކުން ފުރުސަތު ލިބުން ނަމަވެސް އެ ފުރުސަތު ގެ ބޭނުން ނުހިފާ ކަމަށް ރީތި ބަތަލާ ކެޓްރީނާ ކައިފް ބުނެފިއެވެ.

ބްރިޓިޝް އަށް ނިތްބަތްވާ ހުނަރުވެރި ބަތަލާ ބުނީ ހޮލީވުޑުން ލިބުނު ފުރުސަތު ދޫކޮށްލީ އަމިއްލަ ބައެއް ސަބަބުތަކާ ހެދި ކަމަށެވެ. އެކަމަކު އޭގެ ތަފުސީލަކަށް އޭނާ ނުދެއެވެ.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

40 އަހަރުގެ ބަތަލާ އިތުރަށް ބުނީ އުންމީދު ކުރަނީ އަދިވެސް ހޮލީވުޑް އިން ފުރުސަތެއް ލިބޭނެ ކަމަށް ކަމަށެވެ. އަދި އެފަދަ ފުރުސަތެއް ލިބޭ ދަނޑިވަޅަކީ އެފަދަ ކަމަކަށް އެންމެ އެކަށީގެންވާ ވަގުތެއް ކަމުގައި ވަނީ ނަމަ އެފުރުސަތު ދޫކޮށް ނުލާނެ ކަމަށް އޭނާ ވަނީ ބުނެފައިއެވެ.

ކެޓްރީނާ ބުނީ އެފަދަ ފުރުސަތު ތަކަކީ އައު ކަންތަށްތަށް ތަޖުރިބާ ކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި އެފަދަ ފުރުސަތު ތަކަކީ އޭނާ ނުހަނު އިންތިޒާރު ކުރާ ފުރުސަތު ތަކެއް ކަމަށް ވެސް ބުނެފައި ވެއެވެ.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

ކެޓްރީނާގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި މިސްޓްރީ ތުރިލާ "މެރީ ކްރިސްމަސް" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.