ޓީވީ ބަތަލާ ޖޭސްމިން ބާސިން އާއި އަލީ ގޯނީ ކައިވެންޏަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ދެތަރިންގެ ލޯބީގެ ފެށުމަކީ ކަލާސް ޓިވީ ގެ ރިއަލިޓީ ޝޯވ "ބިގްބޮސް"އެވެ. ދެތަރިން އެކުގައި ވަނީ "ބިގްބޮސް 14″ ގައި ވާދަ ކޮށްފައިއެވެ. އެކަމަކު އެ ޝޯގެ ކުރިން ވެސް އަލީ އާއި ޖޭސްމިންއާ ދެމެދު ހާއްސަ ގުޅުމެއް އޮވެ އެވެ. އެ ގުޅުން އެންމެ ބޮޑަށް ބަދަހިވީ ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ ނުވަ ވަނަ ސީޒަންގެ ތެރޭގަ އެވެ.
މީޑިއާތަކުން ބުނީ އެ ދެ މީހުން މިކަން ވަރަށް އަވަހަށް އިއުލާން ވެސް ކުރާނެ ކަމަށެވެ. އަލީ އާއި ޖޭސްމިން ރައްޓެހިވެގެން އުޅޭތާ މިހާރު ހައެއްކަ އަހަރު ވެދާނެ އެވެ.
މިދިޔަ ރޯދަ މަހުގެ ތެރޭގައި އުމްރާގެ އަޅުކަން ވެސް އަދާކުރި އަލީ، 33، ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ޔޭ ހޭ މުހައްބަތޭ"، "ޔެ ކަހާ އާ ގައޭ ހަމް"، "ބަހޫ ހަމާރީ ރަޖްނީ ކަންތު" އަދި "ނާގިން 3″ ހިމެނެ އެވެ.
މަޝްހޫރު ޑައިރެކްޓަރު ވިކްރަމް ބަޓް ޕްރޮޑިއުސްކުރާ ފިލްމަކުން މިދިޔަ އަހަރު ފުރުސަތު ލިބުނު 33 އަހަރުގެ ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ ޕަންޖާބީ ކޮމެޑީ "ހަނީމޫން" އެވެ.