އިލިއާނާ ވެސް ސިއްރުން ކައިވެނި ކޮށްފި

އިލިއާނާ ވެސް ސިއްރުން ކައިވެނި ކޮށްފި

Author
ފާތިމަތު ނާވީ
29 އޭޕްރިލް 2024 08:22
0

މި ދޭތެރެއަކުން މީޑީއާގައި އެންމެ ގަދައަށް ދެކެވުން ދިއަ އެއް ވާހަކަ އަކީ ކައިވެނިން ބޭރުން ބަތަލާ އިލިއާނާ ޑި ކުރޫޒް ބަލިވެ އިން ވާހަކައެވެ. އަދި ގިނ ަބަޔަކު ހީކުރީ އޭނާ ގެ ލޯބި ވެރިއަކު ވެސް ނެއްކަމަށެވެ.

އިލިއާނާގެ ޕާސަނަލް ދިރިއުޅުން އޭނާ އުޅުނީ އެއްވެސް ވަރަކަށް މީޑީއާ އާއި ހިއްސާ ނުކޮށެވެ. ބަލިވެ އިން އިލިއާނާ ވިހޭފަހުން ވެސް މީޑިއާގައި އެވާހަކަތަށް ވަރަށް ގަދައަށް ދެކެވުނެވެ. އަދި އޭނާ އަކީ "ސިންގަލް މަމް" އެއް ކަމަށް ބުނެ ގިނަ ބަޔަކު އެވާހަކަ ދައްކައިފައިވެއެވެ.

 

View this post on Instagram

 

A post shared by Ileana D’Cruz (@ileana_official)

މީޑިއާގައި އިލިއާނާގެ ހަޔާތާ ބެހޭގޮތުން ތަފާތު ވާހަކަތަށް ދެކެވެމުން އަންނަތާ އެތަށް ދުވަހެއް ފަހުން އިލިއާނާ މިވަނީ އޭނާގެ ހަޔާތުގެ ބައެއް ވާހަކަތަށް ކިޔައިދީފައިއެވެ. އެގޮތުން އެންމެ ފަހުން މި ހިނގާ ހަފްތާ ތެރޭގައި އޭނާގެ ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ހިއްސާކުރަމުން އޭނާ ބުނެފައިވަނީ މިހާރު އުޅެނީ ކައިވެނި ކޮށްގެން ކަމަށާއި ޒަވާޖީ ހަޔާތް ވަރަށް އުފަލުގައި ވޭތުވަމުން އަންނަ ކަމަށް އިލިއާނާ ބުންޏެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު އިލިއާނާ އޭނާގެ ލޯބިވެރިޔާ މައިކަލް ޑޯލަންއާ އެންގޭޖްވި ކަމަށް އަޑުތައް އެރި ނަމަވެސް އޭރު އޭނާ އެކަން ޔަގީންކޮށްދީފައެއް ނުވެ އެވެ. އަދި ކައިވެނި ކުރި އިރެއްވެސް ހާމަ ކޮށްފައިއެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Ileana D’Cruz (@ileana_official)

ސައުތުގެ ބައެއް ފިލްމް ތަކުން ވެސް ފެނިގެން ގޮސްފައިވާ ބަތަލާ ގެ ކުރިއަށް އޮތް ފިލްމް އަކީ "ދޯ އޯރް ދޯ ޕިޔާރް" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.