ެެައަކްޝޭ ސައުތުގެ ފިލްމް އެއް ކުޅެނީ

ެެައަކްޝޭ ސައުތުގެ ފިލްމް އެއް ކުޅެނީ

Author
ފާތިމަތު ނާވީ
28 އޭޕްރިލް 2024 10:24
0

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު ސައުތުގެ ފިލްމް އެއް ކުޅުމަށް ތައްޔާރުވަމުން އަންނަކަން އިއުލާން ކޮށްފިއެވެ.

އެ ފިލްމުގައި އަކްޝޭ ފެންނާނެ ކަން ފިލްމުގެ ޑައިރެކްޓަރު ވިސްނު މަންޗޫ ވަނީ ދާދި ފަހުން އޭނާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޔަގީންކޮށްދީފަ އެވެ. މިއީ އަކްޝޭ ސައުތުގެ ފިލްމް އަކުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.

ބޮލީވުޑްގެ ފިލްމް ތަކާއި އެއްވަރަށް ނުވަތަ އެއަށް ވުރެވެސް ބޮޑަށް ސައުތުގެ ފިލްމް ތަކަށް ލިބޭ ސަމާލުކަން މިހާރު ބޮޑެވެ. އެފަދަ ފިލްމް ތަކަށް ބެލުންތެރިންގެ ތަރުހީބު ލިބޭލެއް ބޮޑެވެ.

އެއާއި އެކުގައި ސައުތުގެ އިންޑަސްޓްްރީ އަށް މިހާރު ބޮލީވުޑްގެ ގިނަ ތަރިން ގެ ނަޒަރު ވަނީ ހުއްޓިފައިއެވެ. އަދި ސައުތުގެ ޑައިރެކްޓަރުންނާއި އެކުގައި މަސައްކަތް ކުރުމުގެ ހިޔާލު ފާޅުކުރާ ތަރިން ގިނަވެސް ވާން ވަނީ ފަށައިފައިއެވެ. އޭގެ ތެރޭގައި އޭ ލިސްޓްގެ ތަރިން ވެސް ހިމެނެއެވެ.

 

View this post on Instagram

 

A post shared by Akshay Kumar (@akshaykumar)

 

އަކްޝޭގެ އިތުރުން މި ފިލްމުގައި ދެކުނު އިންޑިއާގެ އެކްޓަރުން ކަމަށްވާ ޕްރިޓީ މުކުންދަން، މޮހަންލާލް، ޕްރަބާސް، މޯހަން ބާބޫ، އާރް ސަރަތުކުމާރު، ބްރަަމަނަންދަމް، މަދޫ އަދި މުކޭޝް ރިޝީ އުޅޭނެ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.