އައްލޫ އަގު ބޮޑުކޮށްފި

އައްލޫ އަގު ބޮޑުކޮށްފި

Author
ފާތިމަތު ނާވީ
27 އޭޕްރިލް 2024 07:25
0

ސައުތުގެ މަޝްހޫރު އެކްޓަރު އައްލު އަރުޖުން ފިލްމް ކުޅެދޭ އަގު ބޮޑުކޮށްފިއެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި އައްލޫ އަރްޖުން ވަނީ އޭނާ ފިލްމު ކުޅޭދޭ އަގު 30 ޕަސެންޓް ބޮޑުކޮށްފަ އެވެ. އެގޮތުން މިހާރު އޭނާ ފިލްމަކަށް ނަގަނީ 150 ކްރޯޑް ރުޕީސް އެވެ.

އައްލު އަކީ މަޝްހޫރު އަދި ކާމިޔާބު ފިލްމް ތަކެއް ކުޅެފައިވާ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ފަންނާނެެކެވެ. މިދިއަ އަހަރު ރިލީޒް ކުރި އޭނާގެ ފިލްމް "ޕުޝްޕާ" އަކީ އެ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމްއެވެ.

 

View this post on Instagram

 

A post shared by Allu Arjun (@alluarjunonline)

ދާއިރާގައި ލިބެމުން އަންނަ ކާމިޔާބީއާއެކު އައްލޫ އޭނާގެ އަގުތައް ވެސް ބޮޑުކޮށްފައިވާއިރު އޭނާގެ ކުރިއަށް އޮތް ފިލްމުތަކަށް ވެސް އާއްމުންގެ ބޮޑު ސަމާލުކަމެއް ދަނީ ލިބެމުންނެވެ.

އެގޮތުން އެންމެ އަވަހަށް ނެރޭ އައްލޫގެ ފިލްމު ކަމަށްވާ "ޕުޝްޕާ 2: ދަ ރޫލް"ގެ ވާހަކަ ސޯޝަލް މީޑިއާގައި ދަނީ ބާރަށް ފެތުރެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.