ކެބިނެޓުގެ އެންމެ ބާރުގަދަ ދެ ވަޒީރުންގެ ގޮތުގައި ތިއްބެވީ ފޮނަދޫގެ ދެ ބޭފުޅުން: އަބުދުއްރަހީމް

ކެބިނެޓުގެ އެންމެ ބާރުގަދަ ދެ ވަޒީރުންގެ ގޮތުގައި ތިއްބެވީ ފޮނަދޫގެ ދެ ބޭފުޅުން: އަބުދުއްރަހީމް

Author
ހުސެއިން
26 އޭޕްރިލް 2024 11:32
0

މި ސަރުކާރުގެ ކެބިނެޓުގައި ހިމެނޭ އެންމެ ބާރުގަދަ ދެވަޒިރުން ނިސްބަތްވަނީ ފޮނަދޫއަށް ކަމަށާއި އެހެންކަމުން މި ސަރުކާރު ދެމެހެއްޓުމަށް ފޮނަދޫގެ ރައްޔިތުން މަސައްކަތް ކުރަންޖެހޭ ކަމުގައި ރައީސް މުއިއްޒުގެ އިސް މުޝީރު އަބުދުއްރަހީމް ވިދާޅުވެއްޖެއެވެ.

ފާއިތުވި މަޖިލިސް އިންތިޚާބުގައި ލ. ފޮނޫދާ ދާއިރާއިން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބުދުއްރަހީމް ވިދާޅުވީ ދިވެހި ތާރީޚުގައިވެސް ދައުލަތުގެ އެންމެ މަތިފަޑީގައި ހައްދުންމަތީ ބޭފުޅަކު ހިމެނިފައި ނުވާކަމުގައެވެ.

އެހެންނަމަވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން އެ މަނިކުފާނު އެކުލަވައިލެއްވި ފުރަތަމަ ކެބިނެޓުގައި، އެ ކެބިނެޓުގެ އެންމެ ބާރުގަދަ ދެ ވަޒީރުންގެ ގޮތުގައި ތިއްބެވީ ފޮނަދޫގެ ދެ ބޭފުޅުން. ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގު، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް. އޭގެ އިތުރުން އަޅުގަނޑު ވެސް އޭގެ ކޮންމެވެސް ހިސާބެއްގައި އެބަ ލައްވައިލާ.

އަދުރޭ ވިދާޅުވި އެވެ.

އަބުދުއްރަހީމް ވިދާޅުވި މިވަގުތު އިސްކުރަންވީ ޕާޓީގެ ފުކުރަށްވުރެ ފޮނަދޫގެ ފިކުރު ކަމަށާއި މި ސަރުކާރު ދެމެހެއްޓުމަށް ފޮނަދޫގެ ރައްޔިތުންނަށްވުރެ ބޮޑަށް މަސައްކަތް ކުރާންވީ އެހެން ބަޔަކު ނެތްކަމުގައެވެ. އަދި ލިބިފައިވާ މި ރަނުގެ ފުރުސަތުގެ ބޭނުން ހިފުމަށް އަބުދުއްރަހީމް ގޮވާލެއްވިއެވެ.

އަދުރޭ ވިދާޅުވީ އޭނާ ފޮނަދޫގެ ރައްޔިތުން ދޫކޮށްލާފަ އެހެން ދިމާލަކަށް ނުދާނެ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.