ކޮއްކޮ އަށް ފަހު ޖާންވީ ވެސް އިބްރާހިމް އާއި އެކުގައި ފިލްމް އެއް ކުޅެނީ

ކޮއްކޮ އަށް ފަހު ޖާންވީ ވެސް އިބްރާހިމް އާއި އެކުގައި ފިލްމް އެއް ކުޅެނީ

Author
ފާތިމަތު ނާވީ
26 އޭޕްރިލް 2024 02:35
0

ބޮލީވުޑްގެ ޒުވާން ބަތަލާ ގެ ކުރިއަށް އޮތް ފިލްމް ގައި ފެނިގެންދާނީ އިބްރަހިމް އަލީ ހާން އާއި އެކުގައި ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.

މިއީ މި ދެތަރިން އެކުގައި ފެނިގެންދާ އަލަތު ފިލްމްއެވެ. ފާހަގަ ކޮށްލެވޭ ކަމަކީ މިދެތަރިން ގެ ފިލްމް އެއް އިއުލާން ކުރި އިރުގައި އިބްރަހިމް އާއި ޖާންވީގެ ކޮއްކޮ ހުޝީ ގެ ފިލްމް އެއްވެސް ކުރިއަށް އެބަ އޮތެވެ.

 

View this post on Instagram

 

A post shared by Janhvi Kapoor (@janhvikapoor)

ހުޝީ އާއި އިބްރަހިމްގެ ފިލްމްގެ ޝޫޓިން މިހާރު ބޮޑޫބައި ނިމިފައިވާއިރުގައި ފިލްމް އަދި ބެލުންތެރިންނަށް ގެނެސްދޭނޭ އިރެއް ހާމައެއް ނުކުރެއެވެ. ހުޝީ އާއި އެކުގައި ވެސް ޒުވާން އެކްޓަރު ފެނިގެންދާނީ ލޯބީގެ ފިލްމްއަކުންނެވެ.

ރިޕޯޓްތަށް ބުނާގޮތުގައި ޖާންވީ އާއި އެކުގައި އިބްރަހިމް ކުޅޭ ފިލްމް އަކީ ތިނެސްކަން ލޯބީގެ ފިލްމްއެެކެވެ. ފިލްމް ގައި މި ދެތަރިންގެ އިތުރުން މަހިމާ މަކްވާނާ ފެންނާނެ އެވެ.

 

View this post on Instagram

 

A post shared by Ibrahim Ali Khan (@iakpataudi_01)

 

ޖާންވީ އާއި އިބްރާހިމް އަދި މަހީމާ ކުޅޭ ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތާއި ކާސްޓުން ނެގުމުގެ މަސައްކަތް މިހާރު ނިމިފަ އެވެ. އަދި އަންނަ އަހަރު މި ފިލްމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.

 

View this post on Instagram

 

A post shared by Mahima Makwana (@mahima_makwana)

 

ރިޕޯޓްތައް ބުނީ އެ ފިލްމުގައި ގެނެސްދޭނީ ތިނެސްކަން ލޯބީގެ ވާހަކައެއް ކަމަށެވެ. ނަމަވެސް މި ފިލްމުގެ ޑައިރެކްޓަރަކީ ކާކު ކަން އަދި ނޭނގޭ ކަމަށް ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.