ތާޕްސީ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް - ފޮޓޯ: އިންސްޓަގްރާމް

ތާޕްސީ ބުނީ ރާއްޖެއަކީ "ދުނިޔެމަތީގެ ސުވަރުގެ" ކަމަށް

ތާޕްސީ ބުނީ ރާއްޖެއަކީ "ދުނިޔެމަތީގެ ސުވަރުގެ" ކަމަށް

ގުޅުންހުރި

ބޮލީވުޑްގެ ކުޅަދާނަ ޒުވާން ފިލްމީ ތަރި ތާޕްސީ ޕަންނޫ، ހަފްތާއެއްގެ ޗުއްޓީއަށް ރާއްޖެ އަތުވެއްޖެއެވެ.

އަންގާރަ ދުވަހު ރާއްޖެއައި މި އެކްޓްރެސް އޭނަގެ އާއިލާގެ ބައެއް މެމްބަރުންނާއެކު ޗުއްޓީހޭދަކުރަނީ ތާޖް އެގްޒޯޓިކާގައެވެ. ރިސޯޓުގައި ނަގާފައިވާ ބައެއް ފޮޓޯތައް އޭނާގެ ވެރިފައިޑް އިންސްޓަގްރާމް އެކައުންޓުން ހިއްސާކުރަމުން ތާޕްސީ ބުނީ ރާއްޖެ މިއީ ހަމަ ދުނިޔެމަތީގެ ސުވަރުގެ ކަމަށެވެ. އަދި ދަތުރުގެ އެކި ފޮޓޯ އާއި ވީޑިއޯ ހިއްސާ ކުރަމުން އޭނާ ގެންދަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމަށް އެތައް ތަޢުރީފެއް ކުރަމުންނެވެ.

ތާޕްސީ ރާއްޖެ އައިސްފައި ވަނީ އޭނާގެ ކުރިއަށް އޮތް، ސައުތު އިންޑިއަން ފިލްމުގެ ޝޫޓިންގ ގައި ޖައިޕޫރްގައި މަހެއްހާ ދުވަހު ހުރުމަށްފަހު ޝޫޓިންގ ޝެޑިއުލް ނިންމާލި ގޮތަށެވެ. އަދި ޗުއްޓީ ނިންމާލުމަށްފަހު އޭނާ އެނބުރި ދާނީ މިހާރު އޭނާ ފަށާފައި ވާ އެކި މަސައްކަތްތަކުގެ ތެރެއިން ޕްރޮޑަކްޝަންގެ އެކި ސްޓޭޖްތަކުގައި ވާ ފިލްމުތަކުގެ މަސައްކަތްތައް ކުރުމަށް ކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ އިންޑިއާގެ އެކި ނޫސްތަކުން ބުނެއެވެ.

ތާޕްސީ ބޮލީވުޑަށް ނުކުތީ 2013 ވަނަ އަހަރު ފިލްމު "ޗަޝްމޭ ބައްދޫރު" އިންނެވެ. އޭގެފަހުން އޭނާ ވަނީ ގިނަ ފިލްމު ތަކަކުން އާންމުންގެ މަޤްބޫލުކަން ހޯދާފައެވެ. އޭގެތެރޭގައި ޕިންކް، ނާމް ޝަބާނާ، ސޫރްމާ، މުލްކް ފަދަ ފިލްމުތައް ހިމެނެއެވެ. އޭނާގެ އެންމެ ފަހުން ރިލީޒްކުރި ފިލްމަކީ އަނުބަވް ސިންހްގެ ފިލްމު "ތައްޕަޑް" އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ