"ސިކަންދަރު" އަށް ފަހު ސަލްމާންގެ އޮތީ "ބަޖިރަންގީ ބައިޖާން 2″

"ސިކަންދަރު" އަށް ފަހު ސަލްމާންގެ އޮތީ "ބަޖިރަންގީ ބައިޖާން 2″

ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ހާންގެ ކުރިއަށް އޮތް ފިލްމް "ސިކަންދަރު" މިދިއަ ހަފްތާ ތެރޭގައި ވަނީ އިއުލާން ކޮށްފައިއެވެ. އަދި ވަރަށް އަވަހަށް ފިލްމްގެ ޝޫޓިން ފަށާނެއެވެ.

"ސިކަންދަރު" އަކީ އަންނަ އަހަރުގެ ފިތުރު އީދަށް ރިލީޒް ކުރުމަށް ތައްޔާރު ވަމުން އަންނަ ފިލްމްއެކެވެ. ފިލްމް އިއުލާން ކުރީވެސް އެދުވަހުގައި ރިލީޒް ކުރާނެ ކަމަށް ބުނެއެވެ.

އަންނަ މަހު ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ ފިލްމު "ސިކަންދަރު" އަށް ފަހު ސަލްމާން ޚާން ދެން ކުޅޭނީ "ބަޖުރަންގީ ބައިޖާން 2″ ކަމަށް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ. "ބަޖުރަންގީ ބައިޖާން" އަކި ސަލްމާން ހާން ލީޑުން ފެނިގެންދިއަ ވަރަށް ކާމިޔާބު ފިލްމްއެކެވެ.

"ބަޖުރަންގީ ބައިޖާން" އަކީ ސްކްރީން ރައިޓަރު ކޭވީ ވިޖެޔަންދުރަ ޕްރަސާދުގެ ސްކްރީންޕްލޭއަކަށް ޑައިރެކްޓަރު ކަބީރު ޚާން 2015 ގައި ގެނެސްދިން ވަރަށް ކާމިޔާބު ފިލްމެކެވެ. ކޭވީ އަކީ "ބާހްބަލީ"ގެ ވެސް ސްކްރީން ރައިޓަރެވެ.

"ބަޖުރަންގީ ބައިޖާން" ގެ ދެވަނަ ބައި ހަދަން ވާހަކަ ދެކެވޭތާ މިހާރު ހަތަރު ވަރަކަށް އަހަރު ވެދާނެ އެވެ. ނަމަވެސް ކަބީރު ވަނީ ސީކްއެލްތަކަށް އޭނަގެ ޝައުގެއް ނެތް ކަމަށް ބުނެފަ އެވެ. އެހެންވެ "ބަޖުރަންގީ ބައިޖާން 2″ ޑައިރެކްޓްކުރާނީ ކާކު ކަމެއް އަދި ނޭނގެ އެވެ.

ސަލްމާނާ އެކީ ކަބީރު ގެނެސްދިން ފިލްމުތަކުގެ ތެރޭގައި 2012 "އޭކް ތަ ޓައިގާ" އާއި 2017 ގެ "ޓިއުބްލައިޓް" ހިމެނެ އެވެ. ކަބީރްގެ ކުރިއަށް އޮތް ފިލްމަކީ ޖޫންގައި ކާތިކް އާރިއަނާ އެކީ ގެނެސްދޭ "ޗަންދޫ ޗެމްޕިއަން" އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ ރަންވީރު ސިންގް ކުޅުނު 2021 ގެ "83″ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *