ކޯވިޑް-19: އިތުރު 30 މީހަކު ޕޮޒިޓިވްވެއްޖެ

ކޯވިޑް-19: އިތުރު 30 މީހަކު ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
19 ޑިސެމްބަރ 2020 10:00
0

ރާއްޖެއިން އިތުރު 30 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު ޕޮޒިޓިވްވި 30 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 10 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 20 މީހުންނެވެ.

މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 13،474 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 42 މީހުންނެވެ، މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 12،878 އަށް އަރާފައެވެ. ރާއްޖޭގައި މިހާރު އެކްޓިވް ކޭސް ނުވަތަ ބައްޔަށް ފަރުވާ ދެމުން އަންނަ މީހުންގެ ޢަދަދު ދަށަށް ދާން ފަށާފައިވާއިރު، މިހާރު އެޢަދަދު ވަނީ 541 އަށް ދަށްވެފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޓެސްޓްކުރުމަށް ނެގި 3،768 ސާމްޕަލައެކު މިހާތަަނށް ޖުމްލަ 286،354 ސާމްޕަލެއް ވަނީ ނަގާފައެވެ. މިހާތަނަށް މިބަލީގައި 48 މީހަކު ވަނީ މިބަލީގައި ނިޔަވެފައެވެ. އެއީ 40 ދިވެހިންނާއި 8 ބިދޭސީންނެވެ.

ކޯވިޑަށް ޕޮޒިޓިވްވާ މީހުން ޢަދަދު ރައްޖޭގައި ދަށަށްދާންފަށާފައިވާއިރު، އެޗްޕީއޭއިން ވަނީ ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަަކށްވެސް ލުއިތަކެއް ދޭން ފަށާފައެވެ. އެގިން ރެއިން ފެށިގެން މާލޭގައި އިއުލާންކޮށްފައިވާ ކާފިއު އުވާލުމާއި، މާލެ ސަރަހއްދުގައި ކުޅިވަރު މުބާރާތްތަކާއި، ހަފްލާތަކާއި، ޖަލްސާތައް ބޭއްވުމުގެ ހުއްދަ ވަނީ ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.