"އަމަރްޕާލީ" ގެ ޕޯސްޓަރު ދައްކައިލައިފި

"އަމަރްޕާލީ" ގެ ޕޯސްޓަރު ދައްކައިލައިފި

Author
ފާތިމަތު ނާވީ
22 އޭޕްރިލް 2024 09:47
0

ބަތަލާ އަންކިތާ ލޯކަންޑޭ ގެ ވެބް ސީރީޒް "އަމަރްޕާލީ" ގެ ޕޯސްޓަރެއް ދައްކައިލައިފިއެވެ.

މި ވެބް ސީރީޒް އަކީ ވަރަށް ބޮޑު ވެބް ސީރީޒްއެކެވެ. ފަސްޓްލުކް ޕޯސްޓަރު ދައްކާލާފައިވާ މި ސީރީޒަކީ ޕްރޮޑިއުސަރު ސަންދީޕް ސިންގް ޕްރޮޑިއުސްކުރާ އެއްޗެކެވެ.

 

View this post on Instagram

 

A post shared by SANDEEP SINGH (@officialsandipssingh)

މި ސީރީޒްގެ މިއުޒިކް ހަދާނީ އިސްމާއީލް ދަރުބާރާ އެވެ. އިސްމާއީލް އަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު ފިލްމް ތަށް ކަމުގައިވާ "ހަމް ދިލް ދޭ ޗުކޭ ސަނަމް" އާއި "ދޭވްދާސް" ގެ ހިތްގައިމު މިއުޒިކް ތައްޔާރުކޮށްދިން ހުނަރުވެރިއާއެވެ.

ސިލްސިލާ "ޕަވިތުރަ ރިޝްތާ" އިން އާންމުންގެ ލޯބި ހޯދި އަންކިތާ ފެނިފައިވާ ފިލްމުތަކުގެ ތެރޭގައި "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އާއި "ބާގީ 3″ ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.