މިދިޔަ އާދީއްތަ ދުވަހުގެ ވަރަށް ފަތިހުގެ ވަގުތެއްގައި ބޮލީވުޑްގެ ފިލްމީ ތަރި ސަލްމާން ޚާންގެ ގެއަށް ބަޑީގެ ހަމަލާ ތަކެއް ދިނުމާއި ގުޅިގެން އިތުރު މީހަކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލައިގައި މި ހާތަނަށް ވަނީ ދެމީހަކު ހައްޔަކު ކޮށްފައިއެވެ. އެދެމީހުން ހައްޔަރު ކޮށްފައި ވަނީ ހަމަލާ ދިންތާ އެއް ދުވަސް ފަހުންނެވެ. ނަމަވެސް ފުލުހުން ހައްޔަރު ކުރި ދެމީހުންނާއި ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް އާންމުކޮށްފައިއި އެއް ނުވެއެވެ.
މުމްބާއީގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނީ ތިން ވަނަ މީހާ ހައްޔަރުކުރީ ރޭ ހަރިއާނާ އިން ކަމަށެވެ. އަދި އޭނަ އަކީ ކުރިން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކާ ގުޅުން އޮތް މީހެއް ކަމަށާއި ހަމަލާގެ ފަހުން އެ މީހުންގެ މެދުގައި ފޯނު ވަރަށް ގިނަ މުއާމަލާތްތަކެއް ކޮށްފައިވާ ކަމަށެވެ.
ސަލްމާންގެ ގެއަށް ދިން ހަމަލާގެ އަޑީގައި ހުރީ މީގެ ކުރިން ވެސް ސަލްމާނަށް ތަކުރާރުކޮށް މަރުގެ އިންޒާރުތަކެއް ދެމުން ދިޔަ ގޭންގްސްޓާރު، ލޯރެންސް ބިޝޯނީ ކަމަށް އޭނަގެ ފަރާތުން ބުނެފައިވެ އެވެ.
މި ހަމަލާ އާއި ގުޅިގެން މިހާރުވެސް ބޮޑީގާޑުންގެ ބޮޑޫ ފައުޖާކާއި އެކުގައި ސަލްމާން އުޅެމުން އަންނަ އިރުގައި އޭނާ ގެ ސެކިއުރިޓީ ގެ އިތުރުން ގޭގޭ ސެކިއުރިޓީވެސް ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައިއެވެ. އެގޭގޭ ދޮށުގައި މިހާރު އަބަދުވެސް ޕޮލިހުންގެ ހައެއްކަ މީހުން 24 ގަޑިއިރު ފޯރިމަރަމުން ދެއެވެ.