މަސާބާ ބަނޑުބޮޑު

މަސާބާ ބަނޑުބޮޑު

Author
ފާތިމަތު ނާވީ
21 އޭޕްރިލް 2024 07:48
0

ބޮލީވުޑްގެ މަޝްހޫރު ފެޝަން ޑިޒައިނާ މަސާބާ ގުޕްތާ ބަނޑުބޮޑުކަން އިއުލާން ކޮށްފިއެވެ.

ބޮލީވުޑް ޑިޒައިނާއެއްގެ ގޮތުގައި ފާހަގަ ކޮށްލެވޭ މަސާބާ އަކީ ބައެއް ފިލްމް ތަކުން ފެނިގެން ގޮސްފައިވާ ނަމަވެސް މާބޮޑު ސަމާލުކަމެއް ބެލުންތެރިންގެ ފަރާތުން ފެނިގެން ގޮސްފައިވާ ރަތިއެއް ނޫނެވެ.

މަސާބާ އާއި ލޯބިވެރިޔާ ސަތްޔަދީޕް މިޝްރާ ކައިވެނި ކުރީ 2003 ވަނަ އަހަރުގައިއެވެ. މީ އެދެމީހުންގެ ވެސް ފުރަތަމަ ދަރިފުޅެވެ. މަސާބާ ވަނީ އޭނާގެ ސޯޝަލް މީޑިއާގައި އެމީހުންނަށް ދަރިއަކު ލިބެން އުޅޭ ކަން އިއުލާން ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Masaba 🤎 (@masabagupta)

މީގެ ކުރިން ބައެއް ފިލްމް ތަކުން ފެނިގެން ގޮސްފައިވާ ސަތިޔަދީޕް ވަނީ މަސަބާ އާއި ކައިވެނި ކުރުމުގެ ކުރިން ބަތަލާ އަދިއްތީ ރޯއީ ހަދަރީ އާއި ކައިވެނި ކޮށްފައިއެވެ. އެމީހުން ކައިވެނި ކޮށްފައިވަނީ 2009 ވަނަ އަހަރުގައިއެވެ. އެކައިވެނި ނިމުމަކަށް އައިސްފައިވަނީ 2019 ވަނަ އަހަރުގައިއެވެ.

ހަމަ އެފަދައިން މަސާބާ ވެސް ވަނީ މީގެ ކުރިން ކައިވެނި ކޮށްފައިއެވެ. އޭނާ ކައިވެނި ކުރީ ޕްރޮޑިއުސަރެއް ކަމުގައިވާ މަދޫ މަންތެނާ އާއިއެވެ. 2015 ވަނަ އަހަރުގައި ކުރެވުނު އެކައިވެނި ނިމުމަކަށް އައިސްފައިވަނީ 2019 ވަނަ އަހަރުގައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.