ލ. މާވަށު ބިން ހިއްކުމުގެ އަމަލީ މަސައްކަތްވެސް ފަށައިފި އެވެ. މާދަމާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވާއިރު، ސަރުކާރުން ދަނީ ގިނަ ދާއިރާތަކެއްގެ ތަރައްގީގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށަމުންނެވެ.
ލ މާވަށުގެ ބިން ހިއްކުމުގެ މަސައްކަތް ފައްޓަވާދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މުޝީރު އަބްދުއްރަހީމް އަބްދުﷲ އެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބު އިސްމާޢީލް ސުއޫދާއި މާވަށު ކައުންސިލްގެ ރައީސް އަހްމަދު މޫސާ ބައިވެރިވި އެވެ. މީގެ އިތުރުން އެދާއިރާއަށް ވާދަކުރާ ސަރުކާރުގެ ކެންޑިޑޭޓްވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވި އެވެ.
ފާއިތު ދެ ދުވަހެއްގެ ތެރޭގައި ސަރުކާރުން ވަނީ ޖުމްލަ 6 ރަށެއްގެ ބިންހިއްކުމުގެ މަޝްރޫއުތަކުގައި ސޮއިކޮށް އަދި ބައެއް މަޝްރޫއުތައް ފަށާފައެވެ. އަދި 6 ރަށެއްގެ އެއަރޕޯޓު މަޝްރޫއު ފަށާ، 6 ރަށެއްގެ މަގުހެދުމުގެ މަސައްކަތް ފެށުމަށް އަދި މަޝްރޫއުތަކުގައި ސޮއި ކޮށްފައެވެ.
ކޮމެންޓު ފޮނުވާ