ޑޮލަރުގެ އަގު ދެން ދާނީ ދަށަށް: ރައީސް

ޑޮލަރުގެ އަގު ދެން ދާނީ ދަށަށް: ރައީސް

ޑޮލަރުގެ އަގު ދެން ދާނީ ދަށަށް ކަމަށާއި ދިވެހި ފައިސާގެ އަގު އުފުލެން ފަށާފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ފުވައްމުލައް ސިޓީގައި މިރޭ ބޭއްވި ޕިއެންސީގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ޑޮލަރުގެ އަގު އިންތިހާއަށް ދެން މަތިވެގެން ނުދާނެ ކަމަށާއި، އަގު ދެން ހުނާނީ ހިފެހެއްޓިފައި ކަމުގައެވެ. އަދި ދިވެހި އިގްތިސާދަށް ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ލިބެމުންދާއިރު ދައުލަތަށް ލިބޭ އާމްދަނީވެސް ބޮޑުތަނުން ކުރިއަރަމުންދާ ކަމުގައިވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ޑޮލަރުގެ އަގު އިންތިހާއަށް ނާރާނެ މައްޗަކަށް. ހިފެހެއްޓިފައި ހުންނާނީ. ކުރިއަށްވުރެ ދަށަށް ދާނީ. ފައިސާގެ އަގުދަނީ މައޗަށް. އަޅުގަނޑުމެންގެ އިޤްތިޞަދުގައި އެދަނީ ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އަންނަމުން. ރާއްޖެއަށް ލިބޭ އާމްދަނީ އެދަނީ އެތައް ގުނައަކުން އިތުރުވަމުން.

ރައީސް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރާއި ހަވާލުވެވަޑައިގެންނެވިއިރު ބޭރުގެ ލޯނުތައް ދެއްކުމަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ އެންމެ 2 މިލިއަން ޑޮލަރުކަމަށެވެ. ނަމަވެސް ސަރުކާރުގެ މަސައްކަތާއެކު އެ ފަންޑަށް މިހާރު 35 މިލިއަން ޑޮލަރު ޖަމާވެފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އަދި ރައީސް ވިދާޅުވީ މިއަހަރުތެރޭ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އުމްރާނީ ތަރައްގީތައް ފެށިގެންދާނެ ކަމަށާއި، އެމަސައްކަތްތަކަށް ނަގާނީ ދިވެހި ސަބް ކޮންޓްރެކްޓަރުން ކަމުގައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދިވެހިންގެ ޖީބުތައް ތަނަވަސް ވާނެކަމަށް ވިދާޅުވަމުން ރައީސް ވިދާޅުވީ ފާއިތުވި 5 އަހަރު ނެގި ލޯނުތައް ނަގާފައިވަނީ އެގައުމުތަކުގެ ކުންފުނިތަކަށް ލޯނު ފައިސާ ދާގޮތަށް ކަމުގައެވެ.

ފެށިގެން ދިއުމުން އެ މަސައްކަތްތަކަށް ހޭދަކުރާ ފައިސާ ހޭދަކުރާނީ އެ މަސައްކަތްތަކުގެ އެކިކަހަލަ ސަބް ކޮންޓެރކްތައް ނަގައި ދިވެހި ކުންފުނިތަކަށް. މުއްސަނދިވާނީ ދިވެހިން. މިދިޔަ ފަސްއަހަރު ބޭރު ޤައުމުތަކުން ލޯން ނަގަމުން ދިޔައީ. އެ ލޯންތަކުގެ ޓާމްސްތައް ހުރީ 70% އަދި 80% ހުރީ އެ ޤައުމުތަކުގެ ކުންފުނިތަކަށް ވަންނަގޮތަށް. އެހެންވުމުން ދިވެހި ކުންފުނިތަކަށް ވަން ފައިސާއެއް ނެތް.

ރައިސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *