މިދިޔަ އާދީއްތަ ދުވަހުގެ ވަރަށް ފަތިހުގެ ވަގުތެއްގައި ބޮލީވުޑްގެ ފިލްމީ ތަރި ސަލްމާން ޚާންގެ ގެއަށް ދިން ބަޑީގެ ހަމަލާ ތަކަށް ފަހު އަލުން ސަލްމާން ހާން އެނބުރި މަސައްކަތަށް ނިކުމެއްޖެއެވެ.
އިންޑިއާގެ ހަބަރުތައް ބުނާ ގޮތުގައި ކުރިން ރޭވިފައިވާ ގޮތަށް ސަލްމާން އޭނާގެ މަސައްކަތަށް އެނބުރި ގޮސްފައިވާ އިރުގައި އޭނާއާ ބައްދަލު ކުރަން ސެޓުތަކަށް ނުދިއުމަށް އޭނާ ވަނީ އެދިފައިއެވެ. އަދި ހަމަ އެއާއި އެކުގައި އޭނާ ދެކިލުމަށް އޭނާގެ ގެ ގެލެކްސީ ކާރިއަށް އެއް ނުވުމަށް ވެސް ސަލްމާން ވަނީ އެދިފައިއެވެ.
ކުރިއަށް ސަލާމްނާގެ ފިލްމް ތަކެއް އެބަ ހުއްޓެވެ. އެންމެ ފަހުން އޭނާ އިއުލާން ކޮށްފައިވަނީ "ސިކަންދަރު"އެވެ. މިއީ އެންމެ އަވަހަށް ދެން އޭނާ ޝޫޓިންގ ފެށުމަށް ނިންމައިފައިވާ ފިލްއެވެ. އެކަން އޭނާ ވަނީ މިދިއަ ހަފްތާގައި ސޯޝަލް މީޑިއާގައި އިއުލާން ކޮށްފައިއެވެ. ފިލްމް އަޅުވަން ތާވަލު ކޮށްފައިވަނީ އަންނަ އަހަރުގެ ފިތުރު އީދަށެވެ.
އެންމެ ފަހުން އޭނާ ފެނިގެން ދިއައީ ކާމިޔާބު ފްރެންޗައިޒް ފިލްމް "ޓައިގާ" ގެ ތިންވަނަ ފިލްމް ކަމުގައިވާ "ޓައިގާ 3″ އިންނެވެ. ބޮޑު ކާމިޔާބެއް ލިބިގެން ދިއަ މި ފިލްމް ގައި ސަލްމާން އާއި އެކުގައި ފެނިގެން ދިއައީ ކެޓްރީނާ ކައިފްއެވެ. އަދި ފިލްމްގެ ވިލަން ގެ ރޯލުން އިމްރާން ހާޝިމީ ވެސް ފެނިގެންދިއައެވެ.
އާދިއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ސަލްމާންގެ ގެ ކަމުގައިވާ ގެލެކްސީ އަށް ބަޑީގެ ހަމަލާ ތަކެއް ދިނީ ސައިކަލުގައި ދިއަބަޔެކެވެ. ހަމަލާ އަށް ފަހު އެމީހުން ވަނީ ފިލައިފައިއެވެ. ނަމަވެސް މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ ދެ މީހަކު ހައްޔަރު ކޮށްފައިއެވެ. ނަމަވެސް އެދެމީހުންނާއި ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން އާންމު ކޮށްފައިއެއް ނުވެއެވެ.
ހަމަލާ އާއި ގުޅިގެން އަނެއްކައިވެސް ސަލާމްނާގެ ސެކިއުރިޓީވެސް ވަނީ އިތުރަށް ވަރުގަދަ ކޮށްފައިއެވެ. އަދި ސަލްމާންގެ ގޭ ގެލެކްސީ ގައި ފުލުހުން 24 ގަޑިއިރު އަންނަނީ ފޯރި މަރަމުންނެވެ.
ފާއިތުވި ދެ އަހަރުން ފެށިގެން ސަލްމާނަށް ދަނީ މަރުގެ އިންޒާރުތަކެއް ލިބެމުންނެވެ. މިކަމާ ގުޅިގެން އެތައް ފަހަރެއްގެ މަތިން އޭނަގެ ސެކިއުރިޓީ ފުލުހުން ވަރުގަދަކޮށްފައިވެ އެވެ. އަދި އަމިއްލަ ހަށިރައްކަލަށް ބަޑިއެއް ގެންގުޅުމުގެ ހުއްދަ 2022 ގައި އެދުމުން އެ ހުއްދަ ވެސް ސަލްމާނަށް ދީފައިވެ އެވެ. އަދި ސަލްމާން ވަނީ އެ އަހަރު ދަތުރުކުރަން ބްލެޓްޕްރޫޕް ކާރެއް ވެސް ގަނެފަ އެވެ.