"ދޯ އޯރް ދޯ ޕިޔާރު" ގެ ޓްރެއިލާ ދައްކައިލައިފި

"ދޯ އޯރް ދޯ ޕިޔާރު" ގެ ޓްރެއިލާ ދައްކައިލައިފި

Author
ފާތިމަތު ނާވީ
18 އޭޕްރިލް 2024 12:58
0

ޒަމާނީ ލޯބީގެ ވާހަކައެއް ކިޔައިދޭ ފިލްމު "ދޯ އޯރް ދޯ ޕިޔާރު" ގެ ޓްރެއިލާ އާންމުކޮށްފިއެވެ.

އަންނަ މަހުގެ 19 ގައި ސިނަމާތަކަށް ގެންނަން ހަަމަޖެހިފައިވާ ރޮމޭންޓިކް ކޮމެޑީގެ ކާސްޓްގައި އިލިއާނާ ޑި ކްރޫޒާއި ޕްރަތީކް ގާންދީގެ އިތުރުން އާންމުކޮށް ހޮލީވުޑްގެ އުފެއްދުންތަކުން ފެންނަ އެކްޓަރު ސެންދިލް ރާމަމުރްތީ ވެސް ހިމެނެ އެވެ.

 

View this post on Instagram

 

A post shared by Vidya Balan (@balanvidya)

"ދޯ އޯރް ދޯ ޕިޔާރު" ގެ ޑައިރެކްޓަރަކީ އަލަށް ފީޗާ ފިލްމެއް ޑައިރެކްޓްކުރި ޝިރްޝާ ގުހާ ތާކޫރްތާ އެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެ، ނެޝަނަލް އެވޯދް ވެސް ހޯދާފައިވާ ވިދިއާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ މިސްޓްރީ ފިލްމު "ނީޔަތު" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.