ހަމަލާ އާއި އެކު އަނެއްކައިވެސް ސަލްމާން ގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި

ހަމަލާ އާއި އެކު އަނެއްކައިވެސް ސަލްމާން ގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި

Author
ފާތިމަތު ނާވީ
18 އޭޕްރިލް 2024 11:45
0

މިދިޔަ އާދީއްތަ ދުވަހުގެ ވަރަށް ފަތިހުގެ ވަގުތެއްގައި ބޮލީވުޑްގެ ފިލްމީ ތަރި ސަލްމާން ޚާންގެ ގެއަށް ބަޑީގެ ހަމަލާ ތަކެއް ދިނުމާއި ގުޅިގެން އޭނާ ގެ ސެކިއުރިޓީ އަނެއްކައިވެސް ވަރުގަދަ ކޮށްފިއެވެ.

މިހާރުވެސް ބޮޑީގާޑުންގެ ބޮޑޫ ފައުޖާކާއި އެކުގައި ސަލްމާން އުޅެމުން އަންނަ އިރުގައި އޭނާ ގެ ސެކިއުރިޓީ ގެ އިތުރުން ގޭގޭ ސެކިއުރިޓީވެސް ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައިއެވެ. އެގޭގޭ ދޮށުގައި މިހާރު އަބަދުވެސް ޕޮލިހުންގެ ހައެއްކަ މީހުން 24 ގަޑިއިރު ފޯރިމަރަމުން ދެއެވެ.

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

މީގެ ދެއަހަރެއްހައި ދުވަސް ކުރިން ފެށިގެން ސަލްމާން އަށް މަރުގެ އިންޒާރު އެކި ފަހަރު މަތިން ވަނީ އައިސްފައިއެވެ. އިންޒާރު އަންނަ ކޮންމެ ފަހަރަކު އޭނާގެ ސެކިއުރިޓީ ވަރުގަދަ ކުރެއެވެ.

މިދިއަ އާދިއްތަ ދުވަހުގައި ދިން ހަމަލާ އާއި ގުޅިގެން މިހާރު ދެމީހަކު ހައްޔަރުކޮށްފައި ވާއިރުގައި އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އަންނީ ފުލުހުން ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.