ރަކުލް ރެސްޓޯރަންޓެއް ހުޅުވަނީ

ރަކުލް ރެސްޓޯރަންޓެއް ހުޅުވަނީ

Author
ފާތިމަތު ނާވީ
16 އޭޕްރިލް 2024 03:18
0

އިންޑިއާގެ މަޝްހޫރު ބަތަލާ ރަކުލް ޕްރީތު ރެސްޓޯރަންޓެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ރެސްޓޯރެންޓް ވިޔަފާރީ އަކީ ބޮލީވުޑްގެ ތަރިންގެ މެދުގައި ވަރަށް މަގުބޫލު ވިޔަފާރީއެކެވެ. މިހާރުވެސް ގިނަ ތަރިންތަކެއް މި ވިޔަފާރީގައި އުޅެއެވެ. ދާދި ފަހުން ޝާހުރުކް ހާން ގެ އަންހެނުން ގޯރީ ހާން ވެސް ވަނީ ރެސްޓޯރެންޓެއް ހުޅުވާފައިއެވެ.

 

View this post on Instagram

 

A post shared by Rakul Singh (@rakulpreet)

މިއަދު ހައިދަރުއާބާދުގައި ހުޅުވަން ހަމަޖެހިފައިވާ މި ރެސްޓޯރަންޓްގެ ނަމަކީ "އަރަމްބަމް ސްޓާޓްސް ވިތު މިލެޓް" އެވެ. މި ރެސްޓޯޓަކީ އެންމެ މަޝްހޫރު ކްލައުޑް ކިޗަން އަދި އެފްއެންޑްބީ ކުންފުނި ކިއޯފުޑްސްއާ ގުޅިގެން ހުޅުވާ ތަނެކެވެ.

ރަކުލް ބުނި ގޮތުގައި އޭނަގެ ރެސްޓޯރަންޓްގެ އެންމެ ހާއްސަ ކަމަކީ ހެލްތީ ޑިޝްތަކެއް ލިބޭނެ ތަނަކަށްވުމެވެ. އަދި އެތަން ޕްރޮމޯޓް ވެސް ކުރާނީ ދުޅެހަޔޮ ސިއްހަތާ ގުޅޭ ތަނެއްގެ ގޮތުގައި ކަމަށް ސިއްހަތަށް ވަރަށް ބަލައިގެން އުޅޭ ބަތަލާ ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Rakul Singh (@rakulpreet)

މިދިއަ ފެބްރުއަރީ މަހު ޕްރޮޑިއުސަރު ޖެކީ ބަގްނާނީއާ ކައިވެނުކުރި ރަކުލް ރެސްޓޯރަންޓްގެ ވިޔަފާރި އަށް ވަން އިރު، އެންމެ ފަހުން އޭނާ ފެނިގެން ދިއައީ ސައުތުގެ ފިލްމް އެއް ކަމުގައިވާ "އަޔާލާން" އިން ނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.