ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމަށާއި ރައީސް އަދި ނައިބު ރައީސްކަމަށް ބޭފުޅުން ޢައްޔަންކުރައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމަށާއި ރައީސް އަދި ނައިބު ރައީސްކަމަށް ބޭފުޅުން ޢައްޔަންކުރައްވައިފި

ގުޅުންހުރި

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމާއި ރައީސާއި ނައިބު ރައީސްކަމުގެ މަޤާމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭފުޅުން ޢައްޔަންކުރައްވައިފިއެވެ.

މިބޭފުޅުން މަޤާމަށް ޢައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ރައީސްކަމުގެ މަޤާމަށް އައްޔަންކުރެއްވީ ޏ.ފުވައްމުލައް، ދަޑިމަގު. ގްލޯރީގެ  އިސްޙާޤު ޙުސައިނެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ނައިބު ރައީސްކަމަށް، އައްޔަންކުރައްވާފައި ވަނީ ޅ.ހިންނަވަރު، ހިޔާވަހި ފާޠިމަތު މަހީރާ މުޙައްމަދެވެ. މިރަސްމިއްޔާތުގައި ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް، ހުޅުމާލެ ހިޔާ 04-21-8  ޝަހީމާ ސަލީމާއި ގއ.ގެމަނަފުށި، ފެހިކުރި  އިޝާރާ ޢަބްދުލްޢަޒީޒު އަދި ދަފްތަރު ނަންބަރު ދރ 265 ސައުސަން ޢަލީ އައްޔަންކުރައްވާފައެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލާދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޢަލީ ރަޝީދު ޙުސައިނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ